ގަހެއްގައި މަރުވެފައި އިން މީހަކު އަށް މަސް ފަހުން ފެނިއްޖެ
ގަހެއްގައި މަރުވެފައި އިން މީހަކު އަށް މަސް ފަހުން ފެނިއްޖެ

ދިގު ގަހަކަށް އަރައި އުޅެނިކޮށް، ގަހުގައި އޮވެ މަރުވެ ހިކިފައި އޮތް މީހަކު ރަޝިޔާއިން ފެނިއްޖެ އެވެ.

ގަހުގެ 50 ވަރަކަށް ފޫޓު އުހުގައި މި މީހާ މަރުވެފައި އިނީ ގޮފިގަނޑެއްގައި އިށީނދެގެން، އަތާއި ފައިން ގަހުގައި ބައްދައިގެންނެވެ. މި މީހާ މަރުވި ފަހުން އަށެއްކަ މަސް ވެދާނެކަމަށް މި މަރު ތަހުގީގުކުރާ ރަޝިއާ ޓީމުން ވަނީ ބުނެފަ އެވެ.

ތަހުގީގު ޓީމުން ބުނެފައި ވަނީ މަރުވީ ކާކުކަމެއް އަދިވެސް އޮޅުން ނުފިލާ ކަމަށެވެ. އެ މީހާ ފެނިފައި ވަނީ ސައިބީރިއާގެ ރަށްބޭރުގައިވާ ޓޮމްސްކް ކިޔާ ރަށެއްގައި ހުރި ޕައިން ޓްރީއަކުންނެވެ.

ބެލެވޭ ގޮތުގައި މި މީހާ ގަހަށް އެރީ ފިނިގަދަކަމުން ފިނިން ސަލާމަތްވުމަށެވެ. އަދި ގަހަށް އަރައި އިންދާ ފިނީގެ ސަބަބުން ގަނޑުވެގެން އޭނާ މަރުވީ ކަމަށް ބެލެވޭ ކަމަށް ވެސް ތަހުގީގު ޓީމުން ލަފާކުރެ އެވެ.

ފިނިގަދަ ހިސާބަކުން ފެނުނު މީހާ މަރުވި ނަމަވެސް ކުނި ނުވެ ގަހުގައި އިންދާ ފެނުނީ މި މަހުގެ ފުރަތަމަ ދުވަހު އާންމުންގެ މީހަކަށެވެ.

މި ހިސާބުގަނޑަކީ ރަޝިޔާގައި ޔުރޭނިއަމް އާއި ޕްލުޓޯނިއަމް އެންމެ މުއްސަނދި ހިސާބަށްވާތީ ބޭރު މީހުން އެހިސާބަށް ދިއުމުގެ ހުއްދައެއް ނޯވެ އެވެ. އެމީހާ ނުފެނި އެހާ ގިނަ ދުވަސްވީ އެހިސާބުގަނޑުގައި ހިނގާފައި އުޅޭ މީހުން މަދުވުމާއި ފިނީގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ބެލެވެ އެވެ.

މިހާރު އެމީހާ ހަށިގަނޑު ގަހުން ނަގައި، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.