30 ނޮވެމްބަރ 2017 - 07:22

އޮސްޓްރޭލިއާގައި، ހާލުބޮޑު ބަލި މީހަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލެންސް ސާވިސް މީހުންނާ ހަވާލުކުރުމުން، ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި މޫދު ބަލައިލަން ގެންގޮސްދޭން، ބަލި މީހާ އެދެފި އެވެ.
އެމްބިއުލެންސްގެ ކުރޫންގެ ތެރޭގައި ހިމެނޭ މީހަކު ފޭސްބުކްގައި މި ވާހަކަ ލިޔެފައިވެ އެވެ.
"ބަލި މީހަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލަންސް ކުރޫން ހަރަކާތްތެރިވަމުން ދަނިކޮށް އެ ބަލި މީހާ ވަރަށް ބަލި އަޑަކުން ކުޑަ ކަމެއް ކޮށްލަދޭން އެދުނު. އެއީ އެންމެ ފަހު ފަހަރަށް މޫދު ދައްކާލަން ގެންދިއުން،" ފޭސްބުކް ޕޯސްޓްގައި ލިޔެފައިވެ އެވެ.
އޭނާ ބުނީ ކަމާ ބެހޭ ފަރާތްތަކަށް ގުޅައި ހުއްދަ ނަގައިގެން އެ މީހާއަށް މޫދު ދައްކާލަން ގެންދިޔަ ވަގުތަކީ އަސަރުގަދަ ވަގުތުކޮޅެއް ކަމަށެވެ.
ޕަރަމެޑިކް ގްރޭމީ ކޫޕާ އޮސްޓްރޭލިޔާ ނޫހަކަށް ކިޔައިދިން ގޮތުގައި އެ އަންހެންމީހާއަށް މޫދު ދައްކާލަން ގެންދެވުނު ހިސާބަކީ ވަރަށް ގާ ގިނަ ހިސާބެކެވެ. އެ މީހާއަށް މޫދުގައި އަތްލެވޭ ހިސާބަށް ވެސް ގެންގޮސްދޭން އެ މީހުން ބޭނުންވިޔަސް ހިލަތައް ގިނަކަމުން އެހާ ކައިރިއަށް ގެންދެވޭނެ ގޮތް ނުވީ އެވެ.
އޭނާ ބުނި ގޮތުގައި އެމީހުން އަންހެންމީހާ އަށް މޫދުން ލޮނު ގެނެސްދިނުމުން ރަހަ ބަލާލާފައި ވަރަށް އުފާވި ކަމަށެވެ. އަދި ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ބުނި ކަމަށްވެ އެވެ.