މުގާބޭގެ ފިނޭންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށްފި
މުގާބޭގެ ފިނޭންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށްފި

ހަރާރޭ (ނޮވެމްބަރު 26) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ފިނޭންސް މިނިސްޓަރު އިގްނާޓިއަސް ޗޮމްބޯ ކޯޓަށް ހާޒިރުކޮށްފި އެވެ.

މުގާބޭގެ ފިނޭންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށްފި
މުގާބޭގެ ފިނޭންސް މިނިސްޓަރު ކޯޓަށް ހާޒިރުކޮށްފި

ސިފައިން ނުކުމެ މި މަހު 14 ވަނަ ދުވަހު މުގާބޭ ގޭ ބަންދު ކުރުމަށް ފަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ޗޮމްބޯ ހިމެނެ އެވެ. އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތުކޮށްފަ އެވެ.

ޗޮމްބޯގެ ވަކީލް ބުނެފައި ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ޗޮމްބޯ ހުރި އިރު ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

އަނެއްކޮޅުން ޒިމްބާބުވޭގެ ހައި ކޯޓުން ވަނީ މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކަނޑައަޅައިފަ އެވެ. އަދި މުގާބޭގެ ނައިބް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރި ގޮތް ގާނޫނާ ޚިލާފު ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކޯޓުގެ މި ދެ ނިންމުމާ ގުޅިގެން މުގާބޭގެ ވެރިކަމަށް ފަހު ވެސް ޒިމްބާބުވޭގެ ކޯޓުތަކުގެ މިނިވަންކަމާ މެދު ވަނީ ސުވާލު އުފަައްދައިފަ އެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ނަންގަގްވާ ވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ވެރިކަން ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މުގާބޭ އަށް ވަނީ ތައުރީފް ކުރައްވައިފަ އެވެ.