ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން
ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން

އިސްލާމާއާބާދު (ނޮވެމްބަރު 26) - އިންތިޚާބު ކުރެވޭ މަގާމުތަކުގެ މީހުން ކުރާ ހުވައިގެ އިބާރާތުން ކީރިތި ރަސޫލާގެ ނަންފުޅު އުނިކުރި މައްސަލާގައި ޕާކިސްތާނުގައި މިހާރު އުފެދިގެން އުޅޭ ހަމަނުޖެހުންތައް ބޮޑުވެ، މަގުތައް އަމާން ކުރަން އެންމެ ފަހުން ސިފައިން ނެރެން ޖެހިއްޖެ އެވެ.

ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން
ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން

އެ މައްސަލާގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގަމުން ދަނީ ހަރުކަށި ޕާޓީއެއް ކަމަށްވާ ތަހްރީކީ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީންނެވެ. އެ ޕާޓީން ވަނީ ލޯ މިނިސްޓަރު ޒާހިދު ހާމިދުގެ އިސްތިއުފާ އަށް ވެސް ގޮވާލައިފަ އެވެ.

ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން
ހުވާގެ އިބާރާތެއްގެ މައްސަލަ ހޫނުވެ ޕާކިސްތާނުގެ މަގުތަކަށް ސިފައިން

ފައިޒްއާބާދު ހައިވޭގައި އިސްލާމީ ޕާޓީތަކުގެ މެންބަރުން އިށީނދެ ތިބެ ކުރި މުޒާހަރާއެއް ސަލާމަތީ ފަރާތްތަކުން ރޫޅާލަން އުޅުމުގެ ތެރޭގައި ވަނީ 200 ވަރަކަށް މީހުން ޒަޚަމްވެފަ އެވެ. ބައެއް މީހުން މަރުވި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. ހަމަނުޖެހުމަށް ނުކުތް މީހުން އެ ހައިވޭ ބަންދުކޮށްގެން ތިބޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޕަންޖާބު ޕްރޮވިންސްގައި ހުންނަ މިނިސްޓަރު ހާމިދުގެ ގޭގެ ބޭރުގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާ ކުރި އިރު ހާމިދު އާއި އޭނާގެ އާއިލާ ގޭގައި ނޫޅެ އެވެ. ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ލާހޯރާއި ދެކުނުގެ ކަރާޗީގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ސިފައިން ނެރެން ޖެހުނީ އިސްލާމްއާބާދުގެ ކަމާބެހޭ ފަރާތްތަކުން އެދިގެން ކަމަށެވެ. ފައިޒްއާބާދު ހައިވޭގައި ތިބި މީހުން އެ ތަނުން ނަގާ އެ މަގު ހުސްކުރުމުގައި ވަނީ 8،500 ސިފައިން ބައިވެރިވެފަ އެވެ.