މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި
މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި

ހަރާރޭ (ނޮވެމްބަރު 26) - ސިފައިން ނުކުމެ ޒިމްބާބުވޭގެ ވެރިކަމުން ރޮބަޓް މުގާބޭ އިސްތިއުފާ ދޭން މަޖްބޫރު ކުރި ގޮތް ސައްހަ ކަމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި
މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި

މުގާބޭގެ 37 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސިފައިން ނުކުމެ ގައުމީ ޓީވީ ހިފާ ވެރިރަށް ހަރާރޭގެ މަގުތަކަށް ސިފައިންގެ ވެހިކަލްތައް ނެރެ ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި މުގާބޭ ވެސް ވަނީ ގޭ ބަންދުކޮށްފަ އެވެ. އެކަމަކު މި ހުރިހާ ކަމެއް ކުރި އިރު ވެސް އެއީ އަސްކަރީ ބަޣާވާތެއް ކަމަށް ސިފައިން ބުނެފައެއް ނުވެ އެވެ.

މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި
މުގާބޭގެ ވެރިކަން ބަދަލުކުރި ގޮތް ސައްހަ ކަމަށް ކޯޓުން ކަނޑައަޅައިފި

މުގާބޭގެ ގަދަބާރު ގެއްލިއްޖެކަން ޔަގީންވުމާ އެކު، އެންމެ ފަހު ދުވަހާ ޖެހެންދެން މުގާބޭ އަށް ތައުރީފް ކުރި ފަރާތްތައް ވެސް ދެކޮޅުވެރިވެ އެންމެ ފަހުން ޕާޓީގެ ލީޑަރުކަމުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި އިސްތިއުފާ ދޭން ދިން މުހުމަތު ހަމަވުމުން އިސްތިއުފާ އިއުލާން ނުކުރުމުން ވަނީ ޕާލަމެންޓް މެދުވެރިކޮށް މުގާބޭ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މުގާބޭ އަމިއްލަ އަށް އިސްތިއުފާ ދެއްވީ ވެރިކަމުގައި ދެން އިތުރަށް ދެމި ހުންނެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

އުމުރުން 93 އަހަރުގެ މުގާބޭގެ ވެރިކަން ނިމުމުން ޒިމްބާބުވޭގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އުފާފާޅު ކުރި އެވެ. އެކަމަކު މުގާބޭގެ ނައިބަކަށް ހުންނެވި އެމާސަން ނަންގަގްވާގެ ރައީސްކަމުގައި ކަންވެދާނެ ގޮތަކާ މެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. ފުރަތަމަ ކަމަކަށް މުގާބޭގެ ވެރިކަން ނިމިގެން ދިޔަ ގޮތާ މެދު ކޯޓުން ނިންމި ގޮތުން ޝަރުއީ ދާއިރާގެ މިނިވަންކަން އޮންނާނެ ގޮތާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

"ރޮބަޓް މުގާބޭގެ ގާތް ފަރާތްތަކަށް ވެރިކަމުގެ ބާރުތައް ދީލާލުން ހުއްޓުވުމަށް ޑިފެންސް ފޯސް އިން އެޅި ފިޔަވަޅަކީ ގާނޫނު އަސާސީއާ އެއްގޮތަށް އެޅި ފިޔަވަޅެއް،" ކޯޓުން ކަނޑައެޅި ގޮތް ކަމަށް ޒިމްބާބުވޭގެ ރަސްމީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ޝިރާތްކޮށް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ސިފައިން ފިޔަވަޅު އަޅާފައި ވަނީ އިންތިޚާބުކޮށްފައި ތިބި ބަޔަކު ދުރުކޮށް، އިންތިޚާބު ނުކުރާ ބަޔަކަށް ބާރުތައް ދިނުން ހުއްޓުވުމަށް ކަމަށެވެ.

ސިފައިން ނުކުންނަން ޖެހުނީ ނައިބް ރައީސްގެ މަގާމުން ނަންގަގްވާ ދުރުކޮށް ގްރޭސް އަށް އެ މަގާމު ދޭން މުގާބޭ އުޅުއްވުމުންނެވެ. ޒިމްބާބުވޭގެ ކޯޓުން ވަނީ ނަންގަގްވާ ވަކިކުރުން ގާނޫނާޚިލާފު ކަމަށް ވެސް ކަނޑައަޅައިފަ އެވެ.

ރައީސް ކަމުގެ ހުވާ ހުކުރު ދުވަހު ކުރެއްވި ނަންގަގްވާ ވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ވެރިކަންކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަަ އެވެ.