ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން
ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަައި ގދ. ތިނަދޫން މީހުން ބޭލި ފަހުން، އެ ރަށަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން
ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން

ތިނަދު އަށް އުފަން ނިހާން ވިދާޅުވީ އެ ރަށު މީހުންނަކީ "ކަނޑުކޮހުން" ކަމަށް އިދިކޮޅު ފަރާތްތަކަށް ހީވާ ކަމަށެވެ. ނަމަވެސް ތިނަދު އަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އެންމެން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން
ތިނަދު އަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދިނީ ރައީސް ޔާމީން: ނިހާން

"1962 ގައި މި ގައުމުގައި އޮތް ވެރިކަމުގައި މި ރަށަށް އަރައި މި ރަށުގެ ތަރައްގީއާއި ތަމައްދުން ހުޅުޖަހައި އަންދާލައި ރައްޔިތުން ބާލަން ދިނީ ދެތިން ގަޑިއިރު. އެކަން ނުދަންނަ ކަނޑު ކޮހުން މި ރަށަށް އައިސް ތިބީ،" ހުވަދޫ ބަހުރުވަ އިން ވާހަކަދައްކަވަމުން ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ދެން ބާއްވާ އިންތިހާބުތައް ކާމިޔާބުކުރާނީ ޕީޕީއެމުން ކަމަށެވެ. އަދި އެ ރަށަކީ ހުވަދު އަތޮޅުގައި އޮތް އެންމެ ބޮޑަށް ތަރައްގީވެފައިވާ ރަށަށް ހަދާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ތިނަދޫގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި، އިދިކޮޅު ޕާޓީތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ރާއްޖޭގައި ނޯންނާނެ މިއަށްވުރެ ބޮޑު ދަތިތަކެއް ތަހައްމަލުކުރަން ޖެހުނު ރަށެއް. ރާއްޖޭގެ ތާރީހުގައި ވެސް ނޯންނާނެ މި އަށް ވުރެ ވަރުގަދަ އުމްރާނީ ތަރައްގީއެއް ގެނައި ރަށެއް. ތިނަދުއަކީ ފަހުރުވެރި ރަށެއް. ވަރުގަދަ ރަށެއް. ވިސްނުންތެރި ރަށެއް،" އޭނާ ވިދާޅުވި އެވެ.

އެ ރަށުން މީހުން ބޭލި ހާދިސާ އަށް އިޝާރާތްކުރައްވައި ނިހާން ވިދާޅުވީ ތިނަދު އަށް ލިބިފައި އޮތް ތަރައްގީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލުވާލިކަން ނޭނގޭ ބަޔަކު އެ ރަށަށް އަރައި މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކާނީ "ކަނޑުކޮހުން" ކަމަށެވެ.

"ތިނަދޫ އަލުން އާބާދުވުމަށް ފަހު ގެނައި ތަރައްގީގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ރައީސް ޔާމީން. އެކަން މިއޮތީ ފެންނަން. މި ރަށުގެ ކޮންމެ ދިމާލަކުން ފެންނަން އެބައޮތް. ބަލައިލި ކޮންމެ ދިމާލަކުން މި ތަރައްގީ ތިނަދޫން ފެންނަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ތިނަދޫ މީހުންނަކީ ކަނޑުކޮހުން ކަމަށް ދައްކަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ތިނަދޫ މީހުން މަގުފުރައްދަން މަސައްކަތްކުރި ނަމަވެސް ތިބެން ޖެހޭނީ އެއަށްވުރެ ވިސްނުންތެރިކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ނައިބު ރައީސަކު އައްޔަންކުރަން ލިބުނު ފުރުސަތުގައި އައްޔަންކުރެއްވީ ތިނަދޫ ބޭފުޅެއް ކަމަށާއި އޭގެ އިތުރުން ވެސް މިނިސްޓަރު ކަމަށާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވެސް އެ ރަށު ބޭފުޅުން އައްޔަންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ކަމަށް ރައީސް ޔާމީން އައްޔަންކުރައްވާފައިވާ އަބްދުﷲ ޖިހާދަކީ ތިނަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރަކީ ވެސް އެ ރަށަށް އުފަން ބޭފުޅެކެވެ.