25 ނޮވެމްބަރ 2017 - 16:27

ސްކޫލް ޗުއްޓީ ފާހަގަ ކުރުމަށް އޭސް ހާޑްވެއާ އިން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އޭސް ހާޑްވެއާ އިން ބުނީ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 4:00 ން 6:00 އަށް، ރަސްރަނި ބަގީޗާގައި ކަމަށެވެ. އަދި އެ ހަވީރުގައި ކުޑަކުދިންނަށް ކުރަހަން ދަސްކޮށްދިނުމަށް މަޝްހޫރު އާޓިސްޓް ޝިމްހާ ބައިވެރިވާނެ ކަމަށެވެ.
މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހާއްސަ ކުޅޭ އެއްޗެއް ދޭނެ އެވެ. އަދި އޭސް ހާޑްވެއާ އިން
ވިއްކާ ކުޅޭ އެއްޗެހިން ހާއްސަ ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
ކޮންމެ މަހެއްގައި ވެސް ތަފާތު ޕްރޮމޯޝަން ތަކާއި ހަރަކާތްތައް ބާއްވަމުން އަންނަ އޭސް ހާޑްވެއާ އިން ބުނީ، މި މަހަކީ ކުޑަކުދިންނަށް ހާއްސަ މަހެއް ކަމަށެވެ. އެގޮތުން މި މަސް ނިމެންދެން، ކުޑަކުދިންގެ ކުޅޭ ސާމާނާއި ދަތުރު ގެންދިއުމަށް ބޭނުންވާ ތަކެތިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ.
އޭސް ހާޑްވެއާއިން ދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ކުޅޭ ތަކެތި ވިއްކަމުންނެވެ. އެގޮތުން މެލިސާ އެންޑް ޑޯ އާއި މެޓަލް ޓޯއިސް އާއި ފިޝާ ޕްރައިސާއި ޑިޒްނީ އާއި ބާކީ އަދި ޕިކްސާ ފަދަ ބްރޭންޑްތަކުގެ ކުޅޭ ތަކެތި އޭސް ހާޑްވެއާ އިން ވިއްކަ އެވެ.