އާއިލާ ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ރާނީ މުކަރުޖީ
އާއިލާ ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ރާނީ މުކަރުޖީ

އާއިލާ މާ ބޮޑުކުރެވެން ނެތް ކަމަށާއި އެކަމަށް ދެން އެހާ ވަގުތު ނެތް ކަމަށް ފިލްމީ ބަތަލާ ރާނީ މުކަރުޖީ ބުނެފި އެވެ. ރާނީ ބުނި ގޮތުގައި ބޮޑު އާއިލާއެއް ހޯދަން ދުރާލައި އުޅެވުނު ނަމަ ރަނގަޅުވީހެވެ. އެކަމަކު ދެ ވަނަ ކުއްޖަކު ހޯދަން މަސައްކަތްކުރާނެ ކަމުގައި ވެސް ރާނީ ބުންޏެވެ.

އާއިލާ ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ރާނީ މުކަރުޖީ
އާއިލާ ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ރާނީ މުކަރުޖީ

ރާނީ ބުނި ގޮތުގައި ފިރިމީހާ އަދިތުޔާ ޗޯޕްރާ އާއި އޭނާ އެއްގޮތަކަށް ވެސް ފިލްމުތަކުގެ ނުވަތަ މަސައްކަތުގެ ވާހަކައެއް ނުދައްކަ އެވެ. ފިރިމީހާއާ ދައްކަން އޮންނަނީ ލޯބީގެ ވާހަކަ އާއި ދަރިފުޅު އަދިރާގެ ވާހަކަ ކަމަށް ވެސް ރާނީ ބުންޏެވެ.

ރާނީ އަކީ ކަލްކަތާއަށް ނިސްބަތްވާ ބެންގާލީ ބަހުން ވާހަކަ ދައްކާ ބަތަލާ އެކެވެ. ކަލްކަތާގައި އޮތް އިވެންޓެއްގައި ރާނީ ބުނީ ފިރިމީހާ ވެސް ބެންގާލީ މީހަކަށް ހަދައިފި ކަމަށެވެ. އަދި ފުރިހަމައަށް ނޫނަސް އެ ބަހުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން ފިރިމީހާ ދަސްކޮށްފި ކަމަށާއި ދަރިފުޅު ވަރަށް ރީތިކޮށް ބެންގާލީ ލަވަ ކިޔާ ކަމަށް ބުންޏެވެ.

ހިންދީ ސިނަމާއަށް އަންނަމުންދާ ބަދަލުތަކަކީ ވަރަށް ހިތްހަމަޖެހޭ ބަދަލުތަކެއް ކަމަށް ވެސް ރާނީ ބުންޏެވެ. ކޮންޓެންޓް މޮޅުު ފިލްމުތައް މިހާރު ރަނގަޅަށް ހިނގާތީ އެކްޓަރުންނަށް އެމީހުންގެ ހުނަރު ދައްކާލާނެ ފުރުސަތު މިހާރު މާ ބޮޑަށް ތަނަވަސްވެފައިވާ ކަމަށް ރާނީ ގަބޫލު ކުރެ އެވެ.

އޭނާ ބުނީ އެކި ކަހަލަ ޑައިރެކްޓަރުންނާއި ޓެކްނީޝަނުން ގުޅިގެން ތަފާތު ވައްތަރުތަކުގެ ފިލްމުތައް އުފައްދާތަން ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރާނީ އާއި އަދިތުޔާ ޗޯޕްރާ 2014 ގައި ކައިވެނިކޮށް އޭގެ އެއް އަހަރު ފަހުން ދަރިއަކު ލިބުމުން ރާނީ ވަނީ ފިލްމު ކުޅުމާ ދުވަސްކޮޅަކަށް ދުރަށް ގޮސްފަ އެވެ. ނަމަވެސް އޭނާ އެނބުރި އަންނަ ފިލްމު "ހިޗްކީ"ގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެ އެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2018 ގެ ފެބްރުއަރީ 23 ވަނަ ދުވަހު އެވެ.