25 ނޮވެމްބަރ 2017 - 16:24

ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކާ ޝީޝާ އަށް 30 އަހަރު ފުރުމާ ދިމާކޮށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ "ހަބޭސް 30"ގެ ނަމުގައި ފެށި ޕްރޮމޯޝަން، އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ފިހާރަ ތަކެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
"މީގެ ކުރިން ޑައުންޕޭމަންޓްގެ ގޮތުގައި ސައިކަލު އަގުގެ 40 ޕަސެންޓް ދެއްކީމަ ނަގާ އިންސްޓޯލްމަންޓް ޗާޖް، މި ޕްރޮމޯޝަނުގައި ސައިކަލުގެ އަގުގެ 10 ޕަސެންޓް ދައްކާފަ އިންސްޓޯލްމަންޓަށް ނެގީމަ އަރާނީ،" ޝީޝާ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، އިންސްޓޯލްމަންޓް ޗާޖުތައް ދަށް ކުރުމުން، އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ފަރާތްތަކަށް 20،000ރ. ސަލާމަތް ކުރެވޭނެ ކަމަށެވެ.
ޕްރޮމޯޝަނުގެ ތެރޭގައި ސައިކަލްތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ޝީޝާ އިން ވަނީ ބުނެފަ އެވެ. އަދި އެއްފަހަރާ ފައިސާ ދައްކާފައި ގަންނަ ފަރާތަތަކަށް 5،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހަބޭސް 30 ގެ ދަށުން ފޭސްބުކް ގައި ވެސް އަންނަނީ ހާއްސަ ޕްރޮމޯޝަނެއް ހިންގަމުންނެވެ. އެގޮތުން ޝީޝާގެ ފޭސްބުކް ޕޭޖަށް ލައިކް ކޮށް، HabeysThirees# ޖަހާފައި ކޮމެންޓް ކޮށް، އެ ޕޯސްޓް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 10 ލިބޭނެ އެވެ.
ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ ފަރާތަކަށް 30،000ރ. ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ބޮޑު އިނާމަށް ހޮވޭނީ، ސައިކަލް ސާވިސް ކޮށްގެން ނުވަތަ ސައިކަލެއް ގަތުމުންނެވެ. އިންސްޓޯލްމަންޓަށް ނުވަތަ އެއްފަހަރާ ފައިސާ ދައްކާފައި ސައިކަލް ގަންނަ ފަރާތްތަކަށް ވެސް މި އިނާމަށް ކުރިމަތިލެވޭނެ އެވެ.