ރާއްޖޭގެ ފުރަތަމަ ސީއެކްސް ކޮންފަރެންސްގައި ބާކްލޭސްގެ ޑައިރެކްޓަރެއް ބައިވެރިވަނީ
ރާއްޖޭގެ ފުރަތަމަ ސީއެކްސް ކޮންފަރެންސްގައި ބާކްލޭސްގެ ޑައިރެކްޓަރެއް ބައިވެރިވަނީ

ކަސްޓަމަރުންނާ ކުންފުނިތަކާއި އޮންނަ ގުޅުންތަކާ، ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސުގައި މަޝްހޫރު ބާކްލޭސްގެ ތަޖުރިބާކާރަކު މައުލޫމާތު ދެއްވާނެ ކަމަށް ބުނެފި އެވެ.

ކޮންފަރެންސް ބާއްވާ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ، ތަޖުރިބާކާރުންގެ ގޮތުގައި މައުލޫމާތު ދެއްވުމަށް ބޭރުގެ މަޝްހޫރު ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ބާކްލޭސްގެ ޑިޖިޓަލް އީގަލް އެންޑް ޕްރޯ އެކްޓިވް އެންގޭޖްމަންޓް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ކެރޯލް ލޭޒެލް ބައިވެރިވާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ކަސްޓަމަރުންނާ އޮންނަ ގުޅުންތަކުގެ ދާރިއާއިން ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ކެރޯލް ވަނީ ޔޫޓިއުބްގައި، ސީއެކްސް ކޮންފަރެންސާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެ ވީޑިއޯގައި ކެރަލް ވިދާޅުވީ، ބާކްލޭސް އިން ކަސްޓަމަރުންނާ އޮންނަ ގުޅުންތަކާއި، އެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ޑިޖިޓަލް ގޮތްތައް ބޭނުން ކުރުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ކޮންފަރެންސްގައި މައުލޫމާތު ދެއްވާނެ ކަމަށެވެ.

"ކަސްޓަމަރުންގެ އެކްސްޕެކްޓޭޝަންސް މި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ގޮތަކުން ވެސް، އެންމެ އެކަށީގެންވާ ވަގުތު އަދި އެ ކަސްޓަމަރަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ކަސްޓަމަރުންނާ ގުޅުންބަދަހިކުރަން،" އެ ވީޑިއޯގައި ކެރަލް ވިދާޅުވި އެވެ.

ކެރަލްގެ އިތުރުން ވެސް، ބޭރުގެ ގިނަ ތަޖުރިބާކާރުންނާއި، ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އިން ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރުން ވެސް މި ކޮންފަރެންސްގައި މައުލޫމާތު ދެއްވާނެ އެވެ.

ޑިސެންބަރު ހަތަރު ވަނަ ދުވަހު، ޕެރަޑައިސް އައިލެންޑްގައި ބާއްވާ ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ކޮންފަރެންސްގެ ވެބްސައިޓުން ނުވަތަ 7783303 އަށް ގުޅައިގެން އަދި[email protected]އަށް އީމެއިލް ކުރުމުން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ.