ވިލިމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި
ވިލިމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މިރޭ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ 7:45 ހާއިރު ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުން އިތުރު ފަރުވާ އަށް އެ މީހާ މާލެ ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހާއާ ބެހޭ އެއްވެެސް މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލަައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަމަކު އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.