24 ނޮވެމްބަރ 2017 - 15:42

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް "ޔޫފެސްޓް"ގެ ނަމުގައި ގިނަ ކުޅިވަރުތަކާއެކު ހުޅުމާލޭގައި ބާއްވާ ބޮޑު ހަރަކާތްތައް ފެށިއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ އިވެންޓް ބާއްވަނީ މަޝްހޫރު އިވެންޓް އޮގަނައިޒަރު ބްލަކް އިންނެވެ. ޔޫފެސްޓްގެ ހަރަކާތްތައް މިއަދު ހެނދުނު 5:30 ގައި ފެށިގެން ދިޔަ އިރު، މި ރޭގެ 12:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
"ވިއްސާރަ ދުވަހަކާ އަޅާ ބަލާއިރު ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަނީ،" ބްކަލްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހާއި، ބައިކް މޯލްޑިވްސް އިން ބާއްވާ ނޭޝަނަލް ބައިކް ޗެންޕިއަންޝިޕް ވެސް ހުޅުމާލޭގައި މިއަދު އެބައޮތެވެ. ހުރިހާ އިވެންޓެއް ކުރިއަށް ދާނީ ވަރަށް ބޮޑަށް ގުޅިގެންނެވެ.
ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި ހަރަކާތްތައް ބާއްވައިގެން ކުރިއަށް ގެންދާ ޔޫފެސްޓުގައި މިރޭ ވަރަށް ހާއްސަ މިއުޒިކް ޝޯ އެއް އޮންނާނެ އެވެ.
"މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިން ބައިވެރިވާނެ. އަދި އިންޓަނޭޝަނަލް ލަވަކިއުންތެރިން ވެސް އަންނާނެ،" ޖިނާ ވިދާޅުވި އެވެ.
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް ވީ ނަމަވެސް، ޔޫފެސްޓް ކުރިއަށް ދަނީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ހަރަކާތްތަކާ އެކުގަ އެވެ.