އަށް މީހުންނާ އެކު ނޯތު ކޮރެއާގެ ބޯޓެއް ޖަޕާނަށް ލައްވެއްޖެ
އަށް މީހުންނާ އެކު ނޯތު ކޮރެއާގެ ބޯޓެއް ޖަޕާނަށް ލައްވެއްޖެ

ޓޯކިޔޯ (ނޮވެމްބަރު 24) - އަށް މީހުންނާ އެކު ދަތުރުކުރި ނޯތު ކޮރެއާގެ މަސްވެރިންތަކެއްގެ ބޯޓެއް ޖަޕާނުގެ އައްސޭރި އަށް ލައްވެއްޖެ އެވެ.

ޖަޕާން ފުލުހުން ބުނީ ނޯތު ކޮރެއާގެ މަސްވެރިން މިހާރު ތިބީ ޔުރިހޮންޖޯ ސިޓީގައި ކަމަށެވެ. ނޯތު ކޮރެއާ މީހުން ބުނެފައި ވަނީ އެ މީހުން ދަތުރު ކުރަމުން ދިޔަ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުން، އެންމެ ފަހުން އޮޔާ ގޮސް ޖަޕާނުގެ އައްސޭރި އަށް ލައްވީ ކަމަށެވެ. ޖަޕާނުގެ ކޯސްޓް ގާޑުން މީގެ ކުރިން ވެސް ވަނީ ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ނޯތު ކޮރެއާގެ މަސްވެރި އުޅަނދުތައް ސަލާމަތްކޮށްފަ އެވެ.

ޖަޕާނުގެ ރަސްމީ ޓީވީން ބުނީ އެންމެ ފަހުން ލައްވި ބޯޓުގައި ތިބި ފަޅުވެރިންނާ ވާހަކަ ދައްކާ، އިތުރު މައުލޫމާތު ހޯދުމަށް ނޯތު ކޮރެއާގެ ތަރުޖަމާނަކު ގެނެސްފައިވާ ކަމަށެވެ. ނޯތު ކޮރެއާގެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާ މެދު ޖަޕާނުން އަދި ގޮތެއް ނުނިންމަ އެވެ.

ނޯތު ކޮރެއާ އިން ފިލަން ސައުތު ކޮރެއާ އިން ދަތުރުކުރާ ބައެއް މީހުން ތިބި އުޅަނދުތައް ވެސް މީގެ ކުރިން ވަނީ ބެހިގެން ޖަޕާނަށް ލައްވެފަ އެވެ.

ނޯތު ކޮރެއާގެ ބޯޓެއް ޖަޕާނަށް ލައްވި އިރު ދެ ގައުމުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ. ނޯތު ކޮރެއާ އިން ދާދި ފަހުން ފޮނުވާލި މިސައިލެއް ޖަޕާން މަތިން ދަތުރުކޮށްފައިވާތީ ޓޯކިޔޯ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.