ނޫސްވެރިޔާ މަރާލުމުން އިންޑިއާގެ ނޫސްތައް އިހްތިޖާޖަށް
ނޫސްވެރިޔާ މަރާލުމުން އިންޑިއާގެ ނޫސްތައް އިހްތިޖާޖަށް

ތުރިޕޫރާ (ނޮވެމްބަރު 24) - ސިފައިންގެ މީހެއްގެ އޯޑަރަށް ނޫސްވެރިއަކު މަރާލާފައިވާތީ އެކަމަށް އިހްތިޖާޖް ކުރުމުގެ ގޮތުން އިންޑިއާގެ އިރު އުތުރުގެ ތުރިޕޫރާ ސްޓޭޓުގެ ބައެއް ނޫސްތަކުގެ އެޑިޓޯރިލްގެ ޖާގަ ހުސްކޮށް ބާއްވައިފި އެވެ.

ނޫސްވެރިޔާ މަރާލުމުން އިންޑިއާގެ ނޫސްތައް އިހްތިޖާޖަށް
ނޫސްވެރިޔާ މަރާލުމުން އިންޑިއާގެ ނޫސްތައް އިހްތިޖާޖަށް

ނޫސްވެރިޔާ ސުޑިޕް ދައްތާ ބައުމިކް ގަޔަށް ބަޑި ޖަހާ މަރާލި ކަމުގެ ތުހުމަތުގައި ވަނީ ސިފައިންގެ ސީނިއާ އޮފިސަރެއް ކަމަށްވާ ޓާޕަން ޑެބަރްމާ ހައްޔަރުކޮށްފަ އެވެ. ނޫސްވެރިޔާ ގަޔަށް ބަޑި ޖަހާފައި ވަނީ ސިފައިންގެ މީހާގެ ބޮޑީގާޑެވެ. އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. ބަޑިޖެހިއިރު ނޫސްވެރިޔާ ބައުމިކް ދިޔައީ ސިފައިންގެ އޮފިސަރުގެ އޮފީހުގެ ބޭރުގައި މީހަކާ ބައްދަލު ކުރަމުންނެވެ.

ނޫސްވެރިޔާ ބައުމިކުގެ އެޑިޓަރު ސުބާލް ކުމާރު ޑޭ ބުނީ ބައުމިކް މަރާލާފައި ވަނީ އޭނާ ލިޔާ ރިޕޯޓްތަކުގެ ސަބަބުން ކަމަށެވެ. ބައުމިކަކީ ކޮރަޕްޝަނުގެ ވަރަށް ގިނަ މައްސަލަތައް ފަޅާ އަރުވާ، އެ ކަންކަމުގެ މައްޗަށް ލިޔަމުންދިޔަ މީހެއް ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑޭ ބުންޏެވެ.

ނޫސްވެރިޔާ މަރާލުމުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ސްޓޭޓުގެ ވަރަށް ގިނަ ނޫސްތަކުގެ އެޑިޓޯރިއަލް އިއްޔެ ބޭއްވީ ހުސްކޮށެވެ. ސްޓޭޓުގެ ސިޔާސީ ޕާޓީތަކުން ވެސް ވަނީ ނޫސްވެރިޔާ މަރާލުމުން އިހްތިޖާޖް ކުރުމުގެ ގޮތުން ސްކޫލްތަކާއި އޮފީސްތަކާއި ފިހާރަތައް އެއް ދުވަހަށް ބަންދު ކުރުމަށް ގޮވާލައިފަ އެވެ.

ތުރިޕޫރާގެ ނޫސްވެރިޔާ މަރާލާފައި މި ވަނީ އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ގައުރީ ލަންކޭޝް ބެންގަލޫރުގައި މަރާލާފައި ވަނިކޮށެވެ.