06 ޖުލައި 2016 - 13:51

އއ. އަތޮޅުގައި އޮންނަ ނިކަ އައިލެންޑް ރިސޯޓު ކައިރި އަށް ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ފްރާންސް ފިރިހެނެކެވެ. އޭނާ މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހެނދުނު 10:00 ހާއިރު އެވެ.
"ފުލުހުން މިހާރު ދަނީ ރިސޯޓުގައި ހަރަކާތްތެރިވަމުން. މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ ރިސޯޓުގައި،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޝަންގްރިއްލާ ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އެންމެ ގިނަ އަދަދަކަށް މަރު ވަނީ ޗައިނާ ޓޫރިސްޓުންނެވެ.