23 ނޮވެމްބަރ 2017 - 10:10

މި އަހަރުގެ ކިޔެވުން ނިމި، ދޮޅު މަސް ދުވަހުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓް ފޮތް ދީ މިއަދު ވަނީ އަހަރުގެ ތައުލީމީ އެންމެ ފަހު ދުވަސް ފާހަގަކޮށްފަ އެވެ. އެކަމަކު ބައެއް ސްކޫލްތަކުން ހަފުތާގެ އެކި ދުވަސް ދުވަހު ވަނީ ރިޕޯޓް ފޮތް ދީފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 2018 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.
މި އަހަރު ސްކޫލުތަކުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 75،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔެވި އެވެ. އަދި އެ ދަރިވަރުންނަށް ކިޔަވައިދޭން 7،700 ޓީޗަރުން މަސައްކަތް ކޮށްފައި ވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދަކީ 2،100 އެވެ.
ބޮޑު ޗުއްޓީއާ އެކު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަނީ ގިނަވެފަ އެވެ.