ވެއްޓުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓުން އަށް މީހުން ސަލާމަތްކޮށްފި
ވެއްޓުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓުން އަށް މީހުން ސަލާމަތްކޮށްފި

ޓޯކިޔޯ (ނޮވެމްބަރު 22) - ޖަޕާނުގެ އައްސޭރިން ކަނޑަށް ވެއްޓުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ މަތިންދާ ބޯޓުން އަށް މީހުން ސަލާމަތްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެމެރިކާގެ މިލިޓަރީ ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުނީ އިންޖީން ފެއިލްވެގެންނެވެ. ޖަޕާނުގެ ސެލްފް-ޑިފެންސް ފޯސް އިން ބުނެފައި ވަނީ ވެއްޓިފައި ވަނީ ސީ-2 ގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެއް ކަމަށެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ ފިލިޕީންސް ކަނޑުގައި އޮތް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަންއަށެވެ. އެއީ އެ ސަރަހައްދުގައި އެމެރިކާ އިން އޮޕަރޭޓް ކުރާ ތިން ވަނަވަރުގެ ތެރޭން މަނަވަރެކެވެ. ޔޫއެސްއެސް ރޮނަލްޑް ރޭގަން އިން ތަފާތު 60 ވައްތަރުގެ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރެ އެވެ.

އިރުމަތީ އޭޝިއާގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް އޮގަސްޓް މަހު ވެސް ވަނީ އެކްސިޑެންޓްވެފަ އެވެ. އެ ފަހަރު ސިންގަޕޫރު ކައިރީގައި، ޓޭންކަރެއްގައި ޔޫއެސްއެސް ޖޯން މެކޭން ޖެހި ހިނގި އެކްސިޑެންޓުގައި އަށް މީހުން މަރުވި އެވެ. އޭގެ ދެ މަސް ކުރިން، ޖޫން މަހު ވަނީ ޔޫއެސްއެސް ފިޒްޖެރަލް، ކާގޯ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހަތް މީހުން މަރުވެފަ އެވެ.