ސަލްމާން ވަކިވުމުން ރޭމޯގެ ފިލްމު ވަރުން އަށް
ސަލްމާން ވަކިވުމުން ރޭމޯގެ ފިލްމު ވަރުން އަށް

"ޖުޅްވާ 2"ގެ ބޮޑު ކާމިޔާބީއަށް ފަހު ވަރުން ދަވަން އަށް ލިބޭ ފިލްމުތައް ވަނީ އިތުރުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އަލަށް ފަށާ ފިލްމު ވެސް މިހާރު ވަރުން އަށް ވަނީ ލިބިފަ އެވެ.

މިއީ ނުވަ އަހަރުގެ ދަރިފުޅަކާ އެކު ނެށުމުގެ މުބާރާތެއްގައި ބައިވެރިވާން ޖެހިގެން ނަށަން ދަސްކުރާ ބައްޕައެއްގެ ވާހަކައެކެވެ. ރޭމޯ މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ސަލްމާނަށް ހާއްސަކޮށެވެ. އަދި ސަލްމާން ފިލްމު ކުޅެދޭން އެއްބަސްވި ކަމަށް ވެސް ވެ އެވެ. ނަމަވެސް ފަހުން އޭނާ ޑާންސް ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ވަރުން އަށް ފިލްމު ލިބުނީ ސަލްމާން ފިލްމު ނުކުޅެން ނިންމުމުންނެވެ.

މި ފިލްމަށް ކިޔަން ހަމަޖެހިފައި ވަނީ "ޑާންސިން ޑޭޑް" އެވެ.

ވަރުން ދާދި ފަހުން ވަނީ ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރު"ގެ ދިއްލީ ޝެޑިއުލް ނިންމާފަ އެވެ. އަދި ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގެ ބަތަލާއަކަށް ހަމަޖެހިފައި ވަނީ ޖެކްލީން ފެނާންޑިސް ކަމަށް ވެއެވެ.