21 ނޮވެމްބަރ 2017 - 23:06

ހަރާރޭ (ނޮވެމްބަރު 21) - ޒިމްބާބުވޭގެ ރައީސްގެ މަގާމުން ރޮބަޓް މުގާބޭ މިރޭ އިސްތިއުފާ ދެއްވީ 37 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވުމަށް ފަހު އެވެ. މުގާބޭ އިސްތިއުފާ ދެއްވީ ވެރިކަމުގައި އިތުރަށް ހުންނެވުމަށް ދެން އިތުރު ފުރުސަތެއް ނެތުމުންނެވެ. ތިރީގައި މި ވަނީ މުގާބޭގެ ހަޔާތުގެ މުހިންމު ތާރީޚުތަކެވެ.

ފެބްރުއަރީ 21، 1924: ޒިމްބާބުވޭގެ ހުޅަނގު އުތުރުގެ ޓައުނެއްގެ ކެތޮލިކް އާއިލާއަކަށް މުގާބޭ އުފަންވެވަޑައިގެންނެވި.

1960: ކިޔަވާ ކުއްޖެއް އަދި ޓީޗަރެއްގެ ގޮތުގައި ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ޒިމްބާބުވޭ އަށް ވަޑައިގެންނެވި. އަދި ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީ (އެންޕީޑީ) އާ ގުޅިވަޑައިގެންނެވި.
1961: އެންޕީޑީ މަނާކުރުމުން ޒިމްބާބުވޭ އެފްރިކަން ޕީޕަލްސް ޔޫނިއަންއާ ގުޅިވަޑައިގެންނެވި.
1974-1964: މުގާބޭގެ ވަތަނީ ހަރަކާތްތަކާ ގުޅިގެން ޖަލުގައި ބަންދުކުރި. ޖަލުން ދޫކޮށްލުމުން ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން (ޒަނޫ) އާ ގުޅިވަޑައިގެންނެވި.
އެޕްރީލް 18، 1980: ޒިމްބާބުވޭގެ ބޮޑު ވަޒީރުކަމަށް މުގާބޭ ވަޑައިގެންނެވި.
ޑިސެމްބަރު 1987: ގާނޫނު އަސާސީ އަށް ގެނައި ބަދަލާ އެކު އެގްޒެކެޓިވް ޕްރެޒިޑެންޓުގެ މަގާމު މުގާބޭ އަށް ލިބިވަޑައިގެންނެވި.
ފެބްރުއަރީ 2000: މުގާބޭގެ ބާރުގަދަ ކުރަން ގާނޫނު އަސާސީ އަށް ގެންނަން އުޅުނު އިސްލާހު ފާހެއް ނުވި.
މާޗް 2008: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުގާބޭގެ މައްޗަށް އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ކާމިޔާބު ހޯއްދެވި. އެކަމަކު އިންތިޚާބުގެ ދެ ވަނަ ބުރު އިންސާފުވެރި ނުވާނެ ކަމަށް ބުނެ ސްވަންގިރާއީ އިންތިޚާބުން ވަކިވުމުން މުގާބޭ އަށް ވެރިކަން ލިބުނު. އަދި 2013 ވަނަ އަހަރުގެ އިންތިޚާބު ވެސް މުގާބޭ ކާމިޔާބު ކުރެއްވި.
ޑިސެމްބަރު 2014: މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ޒަނޫ-ޕީއެފް ޕާޓީގެ އަންހެނުންގެ ލީގުގެ ލީޑަރުކަން ދެއްވި.
ނޮވެމްބަރު 15، 2017: ނައިބް ރައީސް އެމާސަން ނަންގަގްވާ ވަކިކުރުމާ ގުޅިގެން ސިފައިން ނުކުމެ ޒިމްބާބުވޭގެ ކޮންޓްރޯލް ނެގި. އަަދި މުގާބޭ ގޭ ބަންދުކުރި.
ނޮވެމްބަރު 21، 2017: އިސްތިއުފާ ދޭން ކުރި ޑިމާންޑްތަކަށް ދެކޮޅު ހައްދަވަމުން ގޮސް، ގޮތް ހުސްވުމުން މުގާބޭ އެންމެ ފަހުން އިސްތިއުފާ ދެއްވި.