ތިމަރަފުށީގެ ގެއެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ތިމަރަފުށީގެ ގެއެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ތ. ތިމަރަފުށީގެ ގެއެއްގައި މިއަދު ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެއްޖެ އެވެ.

ތިމަރަފުށީގެ ގެއެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ތިމަރަފުށީގެ ގެއެއްގައި ރޯވެ އަނދައި ހުލިވެއްޖެ

އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހީމް ވިދާޅުވީ އަންހެނަކާއި ކުޑަ ތިން ކުދިން ދިރިއުޅޭ ރޯޒްމީޑް ގޭގައި ރޯވިއިރު، އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އެ ހާދިސާގައި އެ ގޭގެ ހުރިހާ އެއްޗެއް އަނދައި އަޅިއަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޭގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

"ރޯވެފައި ހުއްޓާ ފެނުނީ. އަލިފާން ނިއްވާލެވުނުއިރު ފާރުތައް ނޫން އެހެން އެއްވެސް އެއްޗެއް ނެތް. ފާރުތައް ވެސް ހުރީ ފުނޑުފުނޑުވެފައި،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ މީހުން ދިރިއުޅޭނެ ވަގުތީ ތަނެއް ހަމަޖައްސައިދީ، ވެދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.