21 ނޮވެމްބަރ 2017 - 12:56

ހަރާރޭ (ނޮވެމބަރު 21) - ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ޒިމްބާބުވޭގެ ވެރިކަމުން ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވަން މަގާމުން ދުރުކުރި ނައިބް ރައީސް އެމާސަން ނަންގަގްވާ ގޮވާލައްވައިފި އެވެ.
ނަންގަގްވާ ވިދާޅުވީ އޭނާގެ ސެކިއުރިޓީއާ މެދު ޔަގީންނަށް ލިބުމުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ޒިމްބާބުވޭގެ ރައްޔިތުން ވަނީ އެއް އަޑަކުން ވާހަކަ ދައްކާފައި. އެހެންވެ މުގާބޭ އިސްތިއުފާ ދެއްވާ ގައުމު ހަމައަކަށް އެޅުވުމަށް ގޮވާލަން،" ނަންގަގްވާ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
މި މަހު ކުރީކޮޅު މަގާމުން ދުރުކުރުމާ އެކު ނަންގަގްވާ ވަނީ ޒިމްބާބުވޭ ދޫކުރައްވާ ވަޑައިގެންފަ އެވެ. ސިފައިން ބުނެފައި ވަނީ ނަންގަގްވާ ވަރަށް އަވަހަށް ގައުމަށް ވަޑައިގެން މުގާބޭއާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ނަންގަގްވާ ވިދާޅުވީ މުގާބޭއާ ބައްދަލު ކުރަން ދިން ދައުވަތު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މުގާބޭ އިސްތިއުފާ ދިން މުހުލަތުގައި އޭނާ އިސްތިއުފާ ދީފައި ނުވާތީ ޕާލަމެންޓް މެދުވެރިކޮށް މަގާމުން ދުރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މުގާބޭ ވަކި ކުރުމުގެ ވޯޓު ޕާލަމެންޓުގައި މާދަމާ ނަގާނެ ކަމަށް ބެލެވެ އެވެ. ޒިމްބާބުވޭގެ ވެރިކަންކުރާ ޕާޓީ ވެސް މިހާރު ވަނީ މުގާބޭއާ ދެކޮޅަށް ތެދުވެފަ އެވެ.