ބިގް ބޮސްގައި ހީނާގެ އެކުވެރިން އޭނާއަށް ދިނީ ލަނޑު
ބިގް ބޮސްގައި ހީނާގެ އެކުވެރިން އޭނާއަށް ދިނީ ލަނޑު

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގައި އެންމެ ފަހުގެ ނޮމިނޭޝަންގައި ހީނާ ޚާންއާ އެންމެ ގާތްކޮށް އުޅުނު މީހުން އޭނާއަށް ވަނީ ލަނޑު ދީފަ އެވެ.

ބިގް ބޮސްގެ ގޭގައި އެކުވެރިން ވަރަށް އަވަހަށް ރުޅިވެ އަދި ހަތުރުން މިތުރުންނަށް ވެސް ވާތަން ފެނެ އެވެ. އެގޮތުން ނޮމިނޭޝަންސް ޓާސްކްގައި ހީނާއާ އެންމެ ގާތްކޮށް އުޅުނު ޓީވީ އެކްޓަރު ހިތެން ތޭޖްވާނީ ވަނީ އެންމެ ފަހު ވަގުތު ހީނާއާ ދެކޮޅަށް މަސައްކަތްކޮށް، އާކާޝް ގުޕްތާ އާއި އަރްޝީ ޚާނާ ބައިއަތު ހިފާފަ އެވެ.

މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނެރެލާނެ ކެންޑިޑޭޓުން ހޮވުމަށް ނޮމިނޭޓްކުރުން ބޭއްވީ ވަރަށް ޝައުގުވެރި ގޮތަކަށެވެ. އެގޮތުން ހަތަރު ބައިވެރިއަކަށް ޚާއްސަ އިނާޔަތްތަކެއް ލިބުނެވެ. މި ހަތަރު ބައިވެރިން ފިޔަވައި ދެން ތިބި ހުރިހާ ބައިވެރިންނަށް ވެސް މި ހަފުތާގައި ނޮމިނޭޝަނާ ކުރިމަތިލާން ޖެހެ އެވެ. ނަމަވެސް މިކަން އޮތީ އެހާ ފަސޭހައިން ވާ ގޮތަކަށް ނޫނެވެ.

ރަނގަބީލުގެ އަޑާއެކު ޕްރިވިލެޖް ލިބިފައި ތިބި ހަތަރު ބައިވެރިން މަޝްވަރާކޮށް ކޮންމެވެސް އެއް ބައިވެރިޔަކު އެތަނުން ބޭރަށް ނުކުމެ އެމީހަކު އަމިއްލައަށް ނޮމިނޭޓްކޮށް ޚާއްސަ އިނާޔަތް ނުލިބޭ ކޮންމެވެސް ބައިވެރިޔަކަށް އޭނާއަށް ލިބިފައިވާ ޚާއްސަ އިނާޔަތްތައް ދޭން ޖެހެ އެވެ.

މި ޓާސްކްގެ ފުރަތަމަ ގޭމްގައި ސޭފްވެ ޚާއްސަ އިނާޔަތްތައް ލިބުނު ހަތަރު ބައިވެރިންނަކީ ހިނާ އާއި އަރްޝީ، ވިކާސް އަދި ހިތެން އެވެ. ނޮމިނޭޝަން ޓާސްކްގައި ވިކާސް އާއި އަރްޝީ އަދި ހިތެން ވަނީ ގްރޫޕެއް ހަދައިގެން އެކަކު އަނެކަކު ސަލާމަތްކޮށް ހިނާ އަށް އޮޅުވާލައިގެން އޭނާ ބޭރަށް ނެރެ އަމިއްލައަށް ނޮމިނޭޓްވާން މަޖްބޫރުކޮށްފަ އެވެ.

މަކަރު ވެރި ރޭވުންތައް ޝޯގެ ބައިވެރިން ރާވައި ލަނޑު ދެމުންދާއިރު ހިނާ މިހާރު ހުރީ ބިސް ބޮސް ގޭގައި އެކަނިވެފަ އެވެ. މި ގޭމްގައި ހިތެން އަމިއްލަ ސިކުނޑީގެ ބޭނުން ނުކޮށް ވިކާސް ބުނާހާ ގޮތެއް ހަދާ ކަމަށް ހިނާ ތުހުމަތު ކުރި އެވެ.

މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހޭ ބައިވެރިޔަކު ހޮވުމަށް ނޮމިނޭޓް ވެފައިވަނީ ހިނާ، ސަޕްނާ، ޕްރިޔަންކް އަދި ޝިލްޕާ އެވެ. ހުރިހާ ބައިވެރިން ވެސް ގަބޫލުކުރަނީ މި ހަފުތާގައި ބިގް ބޮސްގެ ގެއިން ދާންޖެހޭތީ ސަޕްނާ އަށް ކަމަށެވެ. ހިނާ މި ވާހަކަ ސަޕްނާ ކައިރީގައި ބުންޏެވެ.

ހިނާ ކޮންމެ ހަފުތާއަކު ނޮމިނޭޓް ވިޔަސް ސަލާމަތް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮވެ އެވެ. އެއީ އޭނާގެ ފޭނުން ގިނަ ކަމުންނެެވެ.