އަނިޔާވި ދެ މީހުން މާލެއަށް، ހާލު ސީރިއަސް
އަނިޔާވި ދެ މީހުން މާލެއަށް، ހާލު ސީރިއަސް

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ޒުވާނުންނަށް ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.

އަނިޔާވި ދެ މީހުން މާލެއަށް، ހާލު ސީރިއަސް
އަނިޔާވި ދެ މީހުން މާލެއަށް، ހާލު ސީރިއަސް

އެއެކްސިޑެންޓުގައި ފުވައްމުލަކު، މާލެގަން ފެންފިނޮޅު، އުމުރުން 17 އަހަރުގެ މުހައްމަދު މުތީއު އަބްދުﷲ ވަނީ މަރުވެފަ އެވެ. އޭނާ ވަނީ ރޭ ފަތިހު ވަޅުލައިފަ އެވެ.

އެ އެކްސިޑެންޓުގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި 19 އަހަރުގެ ފިރިހެނެއް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ފަރުވާ އަށް އެ މީހުން ރޭ ފަތިހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މީހުންގެ ހާލަތު ބެލުމަށް ކުރި މަސައްކަތް އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވި ދެ ކުދިންގެ މޫނަށާއި ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.