މަނާގޭގައި ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ، އަދިވެސް އެޕާޓްމެންޓް ލިބެން އެބަހުރި: ރެއިންބޯ
މަނާގޭގައި ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ، އަދިވެސް އެޕާޓްމެންޓް ލިބެން އެބަހުރި: ރެއިންބޯ

ރެއިންބޯ ކޮންސްޓްރަކްޝަނުން މއ. މަނާގޭގައި ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސްގައި އަންނަ އަހަރުގެ ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށާއި އަދިވެސް އެތަނުބް އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަނާގޭގައި ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ، އަދިވެސް އެޕާޓްމެންޓް ލިބެން އެބަހުރި: ރެއިންބޯ
މަނާގޭގައި ޖުލައި މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ، އަދިވެސް އެޕާޓްމެންޓް ލިބެން އެބަހުރި: ރެއިންބޯ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތް ކުރުމާއި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ކުންފުނިން ބުނީ މަނާގޭގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މަނާގެ އަކީ ރެއިންބޯ އިން އެޕާޓްމެންޓް ވިއްކާ ގޮތަށް މާލޭގައި ފުރަތަމަ ތަރައްގީކުރާ 15 ބުރީގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްލެކްސް އެކެވެ. އެ އިމާރާތުގައި ދެ ކޮޓަރީގެ 12 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 12 އެޕާޓްމެންޓް ގެ އިތުރުން ތިން ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 12 އެޕާޓްމެންޓް ވެސް ހުރެ އެވެ.

ރެއިންބޯ އިން ބުނީ ޖުމްލަ 37 އެޕާޓްމެންޓް ހިމެނޭ އިމާރާތުގައި މިހާރު ވިއްކަން ހުޅުވާލާފައި ވަނީ 1،300 އާއި 1،295 އަކަފޫޓްގެ ތިން ކޮޓަރީގެ ހަތަރު އެޕާޓްމެންޓް ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއްމެދު އިމާރާތެއް ގޮތަށް ތަރައްގީ ކުރާ އެ ގޭގެ ކޮންމެ އެޕާޓްމެންޓަކަށް ވެސް ވަކި ރަޖިސްޓަރީއެއް ހެދޭނެ އެވެ.

އިމާރާތުގައި ބޭސްމަންޓްގައި ޕާކިން، މަތީ ޓެރެސް ފްލޯގައި އެންމެނަށް ބޭނުން ކުރެވޭނެ ޖިމެއްގެ އިތުރުން އިންފިނިޓީ ސްވިމިންޕޫލެއް ވެސް އޮންނާނެ ކަމަށް ރެއިންބޯ އިން ބުންޏެވެ.