ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި
ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި

މިއަދު ފާހަގަކުރާ ގައުމީ ދުވަސް ވަރުގަދަ ޖާފަތަކާ އެކު ސްކޫލްތަކުގައި ފާހަގަކޮށްފި އެވެ.

ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި
ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި

ދިވެހި ކެއުންތަކާއި ދިވެހިން އާއްމުކޮށް ކާ އެއްޗިއްސާ އެކު މާލޭގެ ސްކޫލުތަކުގައި މިއަދު މެންދުރު ފަހު ބޭއްވި ޖާފަތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިިޝަތު ޝިހާމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި
ޖާފަތާއެކު ސްކޫލްތަކުގައި ގައުމީ ދުވަސް ފާހަގަކޮށްފި

ގައުމީ ދުވަހަށް އިސްކަންދަރު ސްކޫލު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ގައުމީ ހެދުންތަކުގައި ނަލަ ހެދިގެން ތިބި އިރު، މުޅި ސްކޫލުތެރެ ވަނީ ގައުމީ ދިދަ އާއި ގައުމީ އެކި ޝުއޫރުތައް ހިމެނޭ ލިޔުންތަކުން ޒީނަތްތެރިކޮށްފަ އެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވީ ޖާފަތް ތައްޔާރުކުރީ ކޮންމެ ކްލާހަކުން ކަމަށާއި އެކަމަށް ބެލެނިވެރިންނާއި ޓީޗަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ކޮންމެ ކްލާހަކުން ދިވެހި ކެއުމެއް މި ތައްޔާރުކުރީ. އެގޮތުން ގްރޭޑް 8-10ގެ ހުރިހާ ކްލާހަކުން ވެސް މި ޖާފަތުގައި ބައިވެރިވި،" މުޖާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާފަތާއެކު އިސްކަންދަރުގައި ގައުމީ ދުވަހެއް މިހާ ކުލަ ގަދަ ކޮށް ފާހަގަކުރީ މިއަހަރު ކަމަށެވެ.

އިސްކަންދަރުގެ އިތުރުން މާލޭގެ ހުރިހާ ސްކޫލަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގައުމީ ދުވަހަށް ހާއްސަ ކޭން ވަނީ ތައްޔާރުކޮށްފަ އެވެ. އެހެން ސްކޫލުތަކުގައި ވެސް ދަރިވަރުންނަށް ޓީޗަރުން ތިބީ ގައުމީ ހެދުންތަކުގަ އެވެ. އަދި ސްކޫލު ތެރޭގައި ވެސް ގައުމީ ދިދަ އާއި ގައުމީ އެކި ޝުއޫރުތައް ހަރުކޮށްފައި ވެ އެވެ.

ގައުމީ ދުވަހުގެ ޖާފަތް ތައްޔާރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފައިސާގެ އެހީ ދީފައި ވެ އެވެ.