ކޮންފަރެންސް ވަރަށް ކާމިޔާބު، މުހިއްމު މަޝްވަރާތަކެއް ކުރެވުނު: ވިލާ ކޮލެޖް
ކޮންފަރެންސް ވަރަށް ކާމިޔާބު، މުހިއްމު މަޝްވަރާތަކެއް ކުރެވުނު: ވިލާ ކޮލެޖް

ވިލާ ކޮލެޖުން އިސް ނަގައިގެން ބޭއްވި ބައިނަލްއަގްވާމީ ކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށާއި މުހިއްމު ކަންތައްތަކާ ގުޅޭ މަޝްވަރާތައް އެ ކޮންފަރެންސްގައި ކުރި ކަމަށް އެ ކޮލެޖުން މިއަދު ބުނެފި އެވެ.

ކޮންފަރެންސް ވަރަށް ކާމިޔާބު، މުހިއްމު މަޝްވަރާތަކެއް ކުރެވުނު: ވިލާ ކޮލެޖް
ކޮންފަރެންސް ވަރަށް ކާމިޔާބު، މުހިއްމު މަޝްވަރާތަކެއް ކުރެވުނު: ވިލާ ކޮލެޖް

މިިދިޔަ ހުކުރު ދުވަހުން މިއަދުގެ ނިޔަލަށް ބޭއްވި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުން 70 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވީ އުއްމީދު ކުރި ވަރަށް ވުރެ ކޮންފަރެންސް މާބޮޑަށް ވެސް ކާމިޔާބު ކަމަށާއި ވަރަށް އިލްމީ، މުހިއްމު މަޝްވަރާތަކެއް ކުރި ކަމަށެވެ.

އާދިލް ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސްގައި ހަ ޕެނަލް ޑިސްކަޝަން ބޭއްވި އެވެ. އެ ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، އޭގައި އެ މައްސަލައަކާ ގުޅޭ ގޮތުން ވާހަކަތައް ދެކެވުނު ކަމަށް ވިދާޅުވި އެވެ.

"ވަރަށް ޕްރޮޑަކްޓިވްކޮށް ކޮންފަރެންސް މި ދިޔައީ. އޭގެ ތެރެއިން ވެސް ހަ ޕެނަލް ޑިސްކަޝަން. ތައުލީމީ އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން މި ބޭއްވީ، އެ ކަންކަމާ ގުޅޭ އެންމެ އިސް ބޭފުޅުން ބައިވެރިކޮށްގެން. ޕެނަލް ޑިސްކަޝަންގެ ވާހަކަތައް، އާއްމުންނަށް ހިއްސާ ކުރުމަށް މަސައްކަތް އެބަކުރަން. އެހާ ވެސް ފުރިހަމަކޮށް މި ދިޔައީ،" އާދިލް ވިދާޅުވި އެވެ.

އިޖުތިމާއީ އަދި ތައުލީމީ ދާއިރާގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މައިގަނޑު އަށް ތީމަކުން ޖުމްލަ 42 ޕޭޕަރު ވަނީ ކޮންފަރެންސްގައި ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ދެ ވޯކުޝޮޕް ވެސް ބާއްވާފައި ވެ އެވެ.

އާދިލް ވިދާޅުވީ ކޮންފަރެންސްގައި ބޭރުގެ ތިން ޕްރޮފެސަރަކު ބައިވެރިވެ ވަޑައިގެން މުހިއްމު މައުލޫމާތުތަކެއް ދެއްވާފައިވާ ކަމަށެވެ.