މުގާބޭއާ ދެކޮޅު މުޒާހަރާ ސިފައިންނަށް ތައުރީފް ކުރުމުގެ އެއްވުމަކަށް
މުގާބޭއާ ދެކޮޅު މުޒާހަރާ ސިފައިންނަށް ތައުރީފް ކުރުމުގެ އެއްވުމަކަށް

ހަރާރޭ (ނޮވެމްބަރު 19) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ އިސްތިއުފާ އަށް އެދި ގޮވާލާ ވެރިރަށުގައި އެތައް ހާސް ބަޔަކު އިއްޔެ ކުރި ބޮޑު މުޒާހަރާގައި ސިފައިންނަށް ތައުރީފްކޮށްފި އެވެ.

މުގާބޭއާ ދެކޮޅު މުޒާހަރާ ސިފައިންނަށް ތައުރީފް ކުރުމުގެ އެއްވުމަކަށް
މުގާބޭއާ ދެކޮޅު މުޒާހަރާ ސިފައިންނަށް ތައުރީފް ކުރުމުގެ އެއްވުމަކަށް

މުޒާހަރާ އަށް ނުކުތް މީހުން ވަނީ މުގާބޭގެ ފޮޓޯތައް ވީދައިފަ އެވެ. އެ މީހުން އެންމެ ފަހުން ވަނީ މުގާބޭގެ ގެއާއި އޮފީސް ދޮށަށް ވެސް އެއްވެފަ އެވެ.

ޒިމްބާބުވޭ ސިފައިން މިދިޔަ ބުދަ ދުވަހު ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދީ މުގާބޭގެ ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ދުރުކުރީ މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ ނުފޫޒުންނެވެ. މުގާބޭ މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.

ޒިމްބާބުވޭ ސިފައިންގެ އިސް އޮފިސަރުންނާ އުމުރުން 93 އަހަރުގެ މުގާބޭ މިއަދު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސިފައިން ބުނެފައި ވަނީ ބައްދަލުވުމުގެ ނަތީޖާ އާއްމުންނަށް ހާމަކުރާނެ ކަމަށެވެ.

މުގާބޭއާ ދެކޮޅު ބޮޑު މުޒާހަރާ އިއްޔެ ބޭއްވީ ސިފައިންނާއި ވެރިކަންކުރާ ޕާޓީގެ ތާއީދާ އެކު އެވެ. މުގާބޭގެ ރަސްމީ ގެކޮޅުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން އިށީނދެ ތިބީ ސިފައިންގެ ސަފުތަކުގެ ކުރިމަތީގަ އެވެ. އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ވަނީ ބައިވެރިންނާ މުޚާތަބް ކުރައްވައިފަ އެވެ.

މުގާބޭ އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ސައުތު އެފްރިކާގެ މަންދޫބުންނާ އެކު ކުރިއަށް ގެންދާ ބައްދަލުވުންތައް އަދި ކާމިޔާބެއް ނުވެ އެވެ. މުގާބޭ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ.