ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ މުޒާހަރާ އާއި ބައިބައިވުން ކަމަށާއި ނަމަވެސް އިޖުތިމާއީ އަދާލަތު މިހާރު ގާއިމް ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ކާނިވާ ސަރަހައްދުގައި "ބަހާރެކޭ" ނަމުގައި ބޭއްވި ބިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ 10 ވަރަކަށް އަހަރު ވެފައިވާ ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި ހަލަބޮލި ވެފައި ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި މިހާރު ރާއްޖެ އަމާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

"މަގުމަތީގައި އޮތީ މުޒާހަރާ. މީހުންގެ ތެރޭގައި ނޭއްގާނީ ބަދުބަސްތައް ބުނުމާއި އަޅުގަނޑުމެންގެ މުޅި މުޖުތަމައުގެ ތެރޭގައި އޮތީ ބައިބައިވުމާއި އެކަހެރިކަމާއި އަދި ހަމަ އެއާއެކު ފެނިގެން ދިޔައީ އަލިފާން ރޯކުރުން ފަދަ ބޮޑެތި ޖަރީމާތައް އަޅުގަނޑުމެންގެ ގައުމުގައި އާންމު ވެގެން ދިޔަ ތަން. އެހެން ނަމަވެސް މިއަދު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް މިވަނީ އަޅުގަނޑުމެންގެ ގައުމުގައި އިޖުތިމާއީ އަދާލަތު ގާއިމް ކޮށްދެއްވާފައި،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުން އަންނަ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ނޮވެމްބަރު 17، 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރާ އަޅާބަލާއިރު މިހާރު ރާއްޖޭގައި ވަނީ ކުށްކުރުން މަދުވެފަ އެވެ. އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފުޅާދާއިރާއެއްގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ތަރައްގީ ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރަމުން އަންނަނީ އިންގިލާބީ ބަދަލުތަކަކާއެކު ކަމަށެވެ. އެގޮތުން އޯލެވެލް އިމްތިހާނުން ފާސްވާ ދަރިވަރުންގެ ނިސްބަތް އިތުރު ވެފައިވާއިރު، ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމަށް އަމާޒު ކޮށްފައިވާކަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

ސިއްހީ ދާއިރާގެ ކުރިއެރުމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރުން މިހާތަނަސް 21،000 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވާއިރު، ސީ އެމްބިއުލާންސް ގައި 10،000 އަށް ވުރެ ގިނަ ބަލިމީހުން ދަތުރު ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

ކޮންމެ ރަށެއްގައި ސިއްހީ ޚިދުމަތް ލިބޭނެ މަރުކަޒެއް ގާއިމްކޮށްފައިވާކަން ފާހަގަކުރަމުން އާދަމް ޝަރީފް ވިދާޅުވީ، އެ ތަންތަނުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ވުމާއި ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

"ފަސްދޮޅަސް ހަ ބޭފުޅަކަށް ކިޑްނީ، 34 ކުއްޖަކަށް ބޯންމެރޯ، އަދި ހަ ބޭފުޅަކަށް ލިވާ ބަދަލުކުރުމުގެ ޚިދުމަތް ސަރުކާރުން ފޯރުކޮށް ދެއްވާފައިވޭ. މިއީ ވަރަށް ބޮޑެތި ހިދުމަތްތައް،" ސިއްހީ ދާއިރާގެ ކާމިޔާބީ ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް އިތުރު ވަގުތު އަދި ބޭނުންވެ އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް
ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު އޮތީ ބައިބައިވުން، މިހާރު ވަނީ އަމާންކޮށްފައި: އާދަމް ޝަރީފް

އުުމުރުން ދުވަސްވީ މީހުންގެ ހައްގު މަގާމު މި ސަރުކާރުން ހޯދައި ދީފައިވާއިރު އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި އަންހެނުންގެ އަގު ވަޒަން ކުރުމަށް ރެހެންދި އެވޯޑް ދިނުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާކަން ވެސް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.