17 ނޮވެމްބަރ 2017 - 18:21

މާލޭގައި ރޭ މީހެއްގެ ކަރުގައި ވަޅި ޖައްސައި ފޭރެން އުޅެފި އެވެ.
ފޭސްބުކުގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ރޭ އިރާކޮޅު ކާނޭޝަން މަގުގައި ސައިކަލެއް މަތީ އިށީނދެ އިން މީހެއްގެ ފަހަތުން އައިސް އޭނާގެ ކަރުގައި ވަޅިއެއް ޖައްސައި ފޭރެން މަސައްކަތް ކުރެ އެވެ.
މަންޒަރުދުށް މީހަކު ބުނީ އެ ސަރަހައްދަށް އެވަގުތު އެހެން މީހަކު އައުމުން، ފޭރެން އުޅުނު މީހާ ފިލައިގެން ދިޔައީ ކަމަށާއި އޭނާއަށް ފޭރުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.