ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި
ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަގުވާމީ ދެ ވަނަ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި
ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި

"އެކްސްޕްލޯރިން ނިއު ހޮރައިޒަންސް، ޓްރާންސްފޯމިން ސޮސައިޓީޒް"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވާން ރާއްޖެ އާއި ރާއްޖޭން ބޭރުން 70 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި
ވިލާ ކޮލެޖުގެ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފި

ކޮންފަރެންސް ފެށުމުގެ ގޮތުން އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެކި ދާއިިރާތަކުން އިލްމީ ދިރާސާތައް ކުރުމަށް އެ ކޮލެޖުން އަބަދު ވެސް ހިތްވަރު ދެމުން އަންނަ ކަމަށެވެ. އަދި އެ ދިރާސާތައް ހަދައި ބޭރުގެ ޖާނަލްތަކުގައި އެ އިލްމީ ލިޔުންތައް ޕަބްލިޝްކުރުމަކީ، ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިލްމީ ދިރާސާތައް ކުރަމުން އަންނަނީ ވިލާ ކޮލެޖުން ކަމަށާއި އެ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި މުވައްޒަފުންނަށް، ތަފާތު އެކި ކަންކަމުގައި ދިރާސާކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދެމުން އަންނަ ކަން އަންވަރު ފާހަގަކުރެއްވި އެވެ.

އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި އެކި މައުޟޫތަކަށް 42 ޕޭޕަރެއް ހުށަހަޅާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި އަހަރުގެ ކޮންފަރެންސްގައި ތައުލީމާއި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ހަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ މަޝްވަރާތަކުގައި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކޭނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

މި އަހަރު ޕޭޕަރު ހުށަހަޅާފައި ވަނީ މައިގަނޑު އަށް ތީމަކަށެވެ.