އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ
އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ

ހަރާރޭ (ނޮވެމްބަރު 17) - ޒިމްބާބުވޭގައި ދިގު މުއްދަތަކަށް ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ
އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ

އަނބިކަނބަލުން ގްރޭސް މުގާބޭ ސިޔާސީ ގޮތުން ބާރުގަދަ ކުރައްވަން އުޅުއްވަނިކޮށް ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދާ މުގާބޭ ވަނީ ގޭ ބަންދުކޮށްފަ އެވެ. އަދި މުގާބޭގެ ސަރުކާރުގައި ހިމެނޭ ކޮރަޕްޓް އެތައް އޮފިޝަލުންނެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންވެ ވެރިކަމުގައި ދެން އިތުރަށް ހުރުމުގެ ފުރުސަތެއް 93 އަހަރުގެ މުގާބޭ އަކަށް ނެތެވެ. އޭނާގެ 37 އަހަރުގެ ވެރިކަން ނިމުމަކަށް މި ފަހަރު ގެންނާނެ އެވެ.

އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ
އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ

ޒިމްބާބުވޭގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ސައުތު އެފްރިކާގެ ޑިފެންސް މިނިސްޓަރާއި ސްޓޭޓް ސެކިއުރިޓީ މިނިސްޓަރު މިހާރު ގެންދަވަނީ ޒިމްބާބުވޭ އަށް ވަޑައިގެން މުގާބޭ އާއި ސިފައިންގެ ވެރިންނާ މަޝްވަރާ ކުރަމުންނެވެ. މުގާބޭ އިއްޔެ ވަނީ ސައުތު އެފްރިކާގެ މިނިސްޓަރުންނާއި ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓަންޓިނޯ ޗިވެންގާއާ އެކު މަޝްވަރާތައް ބާއްވައިފަ އެވެ. އެކަމަކު ވެރިކަން ދޫކޮށްލަން މުގާބޭ އެއްބަސްވެވަޑައިގެންފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު ޒިމްބާބުވޭ އަށް ބުދަ ދުވަހު ވަޑައިގެންނެވި އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ވަނީ ރައްޔިތުންގެ ހައްގުގައި ވެސް މުގާބޭ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މުގާބޭ އާއި ސިފައިންގެ ވެރިންނާ އެކު ބޭއްވި ބައްދަލުމާ ގުޅޭ ގޮތުން އޮފިޝަލަކު ބުނީ މުގާބޭ އުޅުއްވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ވެރިކަމުގައި ހުންނަވާށެވެ.

މުގާބޭ ބަންދުކުރި ނަމަވެސް އެކަމާ ދެކޮޅަށް ޒިމްބާބުބޭގައި އަޑު އުފުލައިފައެއް ނުވެ އެވެ.

ޒިމްބާބުވޭ ސިފައިން ނުކުންނަން ޖެހުނީ ނައިބް ރައީސް އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި މަގާމުން ދުރުކުރުމުންނެވެ. ނައިބް ރައީސް ވަކިކޮށްފައި ވަނީ މުގާބޭ އަނބިކަނބަލުންގެ ނުފޫޒުންނެވެ.