17 ނޮވެމްބަރ 2017 - 10:55

މާލޭގައި ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
އަނިޔާވި މީހުންނަށް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތާރުއަޅާފައިވާ ސަރަހައްދުން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ މޭރީ ބްރައުން ރެސްޓޯރަންޓް ކައިރީގައި ތިބި ބައެއްގެ ގައިގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭގެއިން އެކަކަށް ވެސް ފުރާނައަށް ގެއްލުންވާފަދަ އަނިޔާއެއް ނުލިބެ އެވެ.
އެ އެކްސިޑެންޓް ފުލުުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.