ލޯބީގެ ހަގީގީ ހާދިސާތައް ފިލްމު ސެޓުގައި ވަރަށް ގިނަ: ކަރަން
ލޯބީގެ ހަގީގީ ހާދިސާތައް ފިލްމު ސެޓުގައި ވަރަށް ގިނަ: ކަރަން

ފިލްމު ކުޅޭ ދުވަސްވަރު ސެޓުން ބައްދަލުވެ އެކަކު އަނެކަކު ދެކެ ލޯބިވެވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފިލްމު އިންޑަސްޓްރީގައި އަބަދުވެސް ހިނގާ ކަމެކެވެ. ވަރަށް ގިނަ ފިލްމީ ތަރިންނަށް ފިލްމު ސެޓުތަކުގައި ލޯބިވެވި ކައިވެނި ކޮށްފައި އެބަހުއްޓެވެ.

ލޯބީގެ ހަގީގީ ހާދިސާތައް ފިލްމު ސެޓުގައި ވަރަށް ގިނަ: ކަރަން
ލޯބީގެ ހަގީގީ ހާދިސާތައް ފިލްމު ސެޓުގައި ވަރަށް ގިނަ: ކަރަން

ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނި ގޮތުގައި އޭނާގެ ފިލްމުތަކުގެ ސެޓުތަކުގައި ލޯބީގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މަދުވެގެން ފަސް ވަރަކަށް ފަހަރު މި ކަހަލަ ލޯބީގެ ހާދިސާތައް އޭނާގެ ފިލްމު ސެޓުތަކުގައި ހިނގާފައިވާ ކަމަށް ކަރަން ބުންޏެވެ.

އެކަހަލަ ކަންތައް ހުއްޓުވަން އޭނާ އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި މީހުން ލޯބިވެގެން އުޅޭތަން ފެނުމުން ވަނީ އުފާ ކަމަށް ކަރަން ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމާ ބެހުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ. އަހަރެމެންގެ މަސައްކަތަކީ ފިލްމު އުފެއްދުން. މީހުން ޒާތީ ދިރިއުޅުމުގައި ކުރާ ކަންތައްތަކަކީ އެމީހުންގެ އަމިއްލަ ކަމެއް،" ކަރަން ބުންޏެވެ.

ފިލްމީ ތަރިން ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ފިލްމަށް ނޭދެވޭ އަސަރެއް ކުރޭތޯ ކަރަން ގާތު ނޫސްވެރިއަކު ސުވާލު ކުރުމުން ބުނީ ނުކުރާ ކަމަށާއި ފިލްމަށް އިތުރު ފުރިހަމަ ކަމެއް އެކަމުން ލިބޭ ކަމަށެވެ.

"ބައެއް އޮފީސް ތަކުގައި އޮވޭ އޮފީހުގައި އުޅޭ ދެ މީހަކު ލޯބިވެގެން ނުވާނެ ކަމަށް ބުނާ ގަވާއިދުތައް. އެކަމަކު ފިލްމުތަކުގައި އެފަދަ ގަވާއިދެއް ނޯންނާނެ،" ކަރަން ބުންޏެވެ.

ކަރަން ޖޯހަރްގެ ފިލްމުތަކުގައި އަބަދުވެސް ފެންނާނީ ވަރަށް އަސަރުގަދަ ލޯބީގެ މަންޒަރުތަކެވެ. އެހެންވީމާ އެ މަންޒަރުތައް ކުޅޭ އެކްޓަރުންނަށް ހަގީގީ ލޯބި ވެވުނަސް އެއީ މައްސަލައެއް ނޫން ކަމަށް ކަރަން ގަބޫލު ކުރެ އެވެ.