ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކޮށްފި
ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކޮށްފި

ހަރާރޭ (ނޮވެމްބަރު 15) - ޒިމްބާބުވޭ ސިފައިން ނުކުމެ ރައީސް ރޮބަޓް މުގާބޭ ގޭ ބަންދުކޮށްފައިވާ ކަމަށް ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ވިދާޅުވެއްޖެ އެވެ.

ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކޮށްފި
ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކޮށްފި

ޒޫމާ ވަނީ މުގާބޭ އަށް ފޯނުން ގުޅުއްވައިފަ އެވެ. އަދި ހެޔޮ ހާލުގައި ހުރި ކަމަށް މުގާބޭ ވިދާޅުވި ކަމަށް ޒޫމާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޒޫމާ ވިދާޅުވީ ސަދަން އެފްރިކަން ޑެވެލޮޕްމަންޓް ކޮމިއުނީޓީގެ މަންދޫން ޒިމްބާބުވޭ އަށް ވަރަށް އަވަހަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމީ ޓީވީ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ސަރުކާރުގައި ހިމެނޭ ކޮރަޕްޓް މުޖްރިމުން ހައްޔަރު ކުރަން ފަށައިފަ އެވެ. ގައުމީ ޓީވީ މެދުވެރިކޮށް ސިފައިންގެ ޖެނެރަލަކު ބުނެފައި ވަނީ މުގާބޭ އާއި އޭނާގެ އާއިލާ އަށް ރައްކާތެރިކަން ދީފައިވާ ކަމަށެވެ.

ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދާފައި މި ވަނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެންނެވެ. އެމާސަން މަގާމުން ދުރު ކުރަން ޖެހުނީ މުގާބޭގެ އަނބިކަނބަލުން ގްރޭސްއާ ޚިޔާލު ތަފާތުވެގެންނެވެ. އެ ދެ މީހުން ވެސް ބޭނުން ވަނީ މުގާބޭ އަށް ފަހު ޒިމްބާބުބޭގައި ވެރިކަން ކުރާށެވެ. ނައިބް ރައީސް ނަންގަގްވާ އާއި ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓަންޓީނޯ ޗިވެންގާ އަކީ ގާތް ދެ އެކުވެރިންނެވެ.

އެފްރިކާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރު މުގާބޭ، 93، ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ގައުމު ހިންގަމުންނެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މުގާބޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.