ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނަގައިފި، މުގާބޭ ހުރީ ސަލާމަތުން
ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނަގައިފި، މުގާބޭ ހުރީ ސަލާމަތުން

ހަރާރޭ (ނޮވެމްބަރު 15) - ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނަގައިފި އެވެ. އަދި ރައީސް ރޮބަޓް މުގާބޭ ހުރީ ސަލާމަތުން ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނަގައިފި، މުގާބޭ ހުރީ ސަލާމަތުން
ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނަގައިފި، މުގާބޭ ހުރީ ސަލާމަތުން

ޒިމްބާބުވޭގެ ސިފައިން ވަނީ ގައުމީ ޓީވީ ހިފައިފަ އެވެ. އަދި ޓީވީ މެދުވެރިކޮށް ވަނީ މުގާބޭ ސަރުކާރުގެ ކޮރަޕްޓް އޮފިޝަލުން ހިފާ ހައްޔަރު ކުރާނެ ކަމަށް ބުނެފަ އެވެ. އެ މީހުންގެ ސަބަބުން ގައުމަށް އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ލިބެމުންދާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލީ ވަޒީރު ހިމެނެ އެވެ. އެކަމަކު ސިފައިން ވަނީ ބަޣާވާތެއް ގެންނަން ނޫޅޭ ކަމަށް ބުނެފަ އެވެ.

ޒިމްބާބުވޭގެ ސިފައިން ނުކުމެ ސަރުކާރުގެ ކޮންޓްރޯލް އަތުލީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެންނެވެ. އެމާސަން މަގާމުން ދުރު ކުރަން ޖެހުނީ މުގާބޭގެ އަނބިކަނބަލުން ގްރޭސްއާ ޚިޔާލު ތަފާތުވެގެންނެވެ. އެ ދެ މީހުން ވެސް ބޭނުން ވަނީ މުގާބޭ އަށް ފަހު ޒިމްބާބުބޭގައި ވެރިކަން ކުރާށެވެ.

އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން ޒިމްބާބުވޭގައި ވެރިކަން ކުރަނީ މުގާބޭ، 93، އެވެ. ގައުމުގެ ހާލަތާ ހުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ގައުމީ ޓީވީ ހިފުމަށް ފަހު ސިފައިންގެ އޮފިސަރެއް ކަމަށްވާ މޭޖާ ޖެނެރަލް ސިބުސިސޯ މޯޔޯ ވިދާޅުވީ މުގާބޭ އާއި އޭނާގެ އާއިލާ އަށް ރައްކާތެރިކަން ދީފައިވާ ކަމަށެވެ.

ސިފައިންނަށް ދީފައިވާ ޗުއްޓީތައް ކެންސަލް ކުރުމަށް ފަހު ހުރިހާ ސިފައިން ބެރެކްސްތަކަށް ހާޒިރުވުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ސިފައިންގެ ވެހިކަލްތައް ވަނީ ޕާލަމެންޓް ވަށާލައިފަ އެވެ. އަދި މުގާބޭގެ ގެ ވަށައިގެން ވެސް ސިފައިން ތިބި ކަމަށް ޚަބަރުތައް ބުނެ އެވެ.