މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ
މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ

ހަރާރޭ (ނޮވެމްބަރު 15) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ނުކުމެއްޖެ އެވެ.

މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ
މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ

ގައުމީ ޓީވީ މެދުވެރިކޮށް ސިފައިން ރޭ ދިން ބަޔާނެއްގައި ބުނީ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ސިފައިން ތެދުވި ނަމަވެސް މިއީ އަސްކަރީ ބަޣާވާތެއް ނޫން ކަމަށާއި ރައީސް މުގާބޭ ހުންނެވީ ސަލާމަތުން ކަމަށެވެ. ސިފައިން ބަޔާން ދީފައި ވަނީ ގައުމީ ޓީވީ އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު އެވެ.

މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ
މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ

ވެރިރަށް ހަރާރޭގެ އުތުރުގެ ހިސާބުތަކުން ރޭ ދަންވަރު ވަނީ ބޮޑު ބަޑީގެ އަޑު އިވިފަ އެވެ. އަދި އަސްކަރީ ވެހިކަލްތައް ވަނީ މަގުތަކަށް ނެރެފަ އެވެ. ދެކުނު އެފްރިކާ އަށް ކަނޑައަޅާފައި ހުންނަ ޒިމްބާބުވޭގެ މަންދޫބު އިސާކް މޯޔޯ ވިދާޅުވީ ސިފައިން ބަޣާވާތެއް ނުގެންނަ ކަމަށާއި މުގާބޭ ސަރުކާރު ދެމި އެބައޮތް ކަމަށެވެ.

މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ
މުގާބޭ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ތެދުވެއްޖެ

"ރައީސް މުގާބޭ އާއި އޭނާގެ އާއިލާ އަށް ސަލާމަތީ ހުރިހާ ރައްކާތެރި ކަމެއް ލިބޭނެ. ސިފައިން ތެދުވެފައި ވަނީ މުގާބޭ ވަށައިގެން އުޅޭ ކޮރަޕްޓް މުޖްރިމުންނާ ދެކޮޅަށް. އެ މީހުންގެ ސަބަބުން ގައުމަށް ދަނީ އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ލިބެމުން. ގައުމުގެ ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން،" ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަަރުކާރުގައި ތިބި ކޮރަޕްޓް އޮފިޝަލުންގެ ނަންތައް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރޮއިޓާސް އިން ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު އިގްނާޓިއަސް ޗޮމްބޯ ހައްޔަރުކޮށްފައިވާ ކަމަށެވެ. ސިފައިންގެ އޮޕަރޭޝަނުގައި އިސްކޮށް ހުރީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ސިފައިން ނުކުމެފައި މި ވަނީ ޒިމްބާބުވޭގެ ސިފައިންގެ ވެރިޔާ އުޅެނީ ބަޣާވާތެއް ގެންނަން ކަމަށް ވެރިކަން ކުރާ ޕާޓީން ތުހުމަތުކޮށްފައި ވަނިކޮށެވެ.

ޒިމްބާބުވޭގެ ނައިބް ރައީސް އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި މަގާމުން ދުރުކުރުމާ ގުޅިގެން ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓެންޓީނޯ ޗިވެންގާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީން އެ ގޮތަށް މީހުން ވަކިކުރަން، ސިފައިން ދެން މަޑުން ނުތިބޭނެ ކަމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމުގެ އިންޒާރު ޗިވެންގާ ވަނީ ކުރިން ދެއްވައިފަ އެވެ.

ރައީސް މުގާބޭގެ ޕާޓީން ބުނެފައި ވަނީ ސިފައިންގެ ވެރިޔާގެ ވާހަކަތަކުގެ ސަބަބުން ގައުމީ މަސްލަހަތު ގެއްލި ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. ޒާނޫ-ޕީއެފް ޕާޓީން ބުނީ ސިފައިންގެ ބިރު ދެއްކުންތަކުގެ ސަބަބުން ފަހަތަށް ނުޖެހޭނެ ކަމަށާއި ބަޑީގެ ބިރަށް ނުގުޑާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިފައިންގެ ވެރިޔާ ޖެނެރަލް ޗިވެންގާ ހޯމަ ދުވަހު ވިދާޅުވީ ވެރިކަން ކުރާ ޕާޓީން ދަނީ މިނިވަން ޚިޔާލުގެ މީހުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުން ކަމަށެވެ. އޭނާ މި ބަޔާން ދެއްވާފައި ވަނީ ސިފައިންގެ ސީނިއާ 90 އޮފިސަރުންނާ އެކު އެވެ.

ޒާނޫ-ޕީއެފްގެ ޔޫތު ވިންގުގެ ލީޑަރު ކުޑްޒައި ޗިޕަންގާ ވިދާޅުވީ ޖެނެރަލް ޗިވެންގާ އަށް ސިފައިންގެ ފުރިހަމަ ތާއީދު ނެތް ކަމަށެވެ. ޔޫތު ވިންގުން ދަނީ ނައިބް ރައީސްގެ މަގާމަށް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

މަގާމުން ދުރުކުރި ނައިބް ރައީސް ނަންގަގްވާ ވިދާޅުވެފައި ވަނީ ޒާނޫ-ޕީއެފް ޕާޓީ އަކީ މުގާބޭ އާއި އޭނާގެ އަނބިކަނބަލުންގެ އަމިއްލަ މުދާގަނޑެއް ނޫން ކަމަށެވެ. ނަންގަގްވާ މިހާރު ވަނީ ޒިމްބާބުވޭ ދޫކުރައްވާ ވަޑައިގެންފަ އެވެ.