13 ނޮވެމްބަރ 2017 - 18:11

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އެކިފަހަރު މަތިން 39 ވަކީލެއްގެ ސަސްޕެންޝަން ކުރިން ވަނީ އުވާލައިފަ އެވެ. މިއަދު އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލުމާ އެކު، ސަސްޕެންޝަންގައި ދެން ބާކީ ތިބޭނީ 12 ވަކީލެކެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އުވާލީ އިލެކްޝަންސް ކޮމިޝަންގެ ވަކީލެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި ހަނީފާ ޚާލިދާއި ފަރީޝާ އަބްދުﷲ އަދި ފަތުހުﷲ އިސްމާއިލްގެ ސަސްޕެންޝަނެވެ.
ޑީޖޭއޭއިން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ވަކީލުންގެ ސަސްޕެންޝަން އުވާލީ އެ ވަކީލުންގެ މައްސަލަ ބެލުމަށް ފަހު އެވެ.