ޓޮރޭޒް އެނބުރި އިިނގިރޭސި ޕްރިމިއާ ލީގަށް؟
ޓޮރޭޒް އެނބުރި އިިނގިރޭސި ޕްރިމިއާ ލީގަށް؟

މެޑްރިޑް (ނޮވެމްބަރު 13) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރިއްޖެ އެވެ.

ޓޮރޭޒް އެނބުރި އިިނގިރޭސި ޕްރިމިއާ ލީގަށް؟
ޓޮރޭޒް އެނބުރި އިިނގިރޭސި ޕްރިމިއާ ލީގަށް؟

މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 33 އަހަރުގެ ޓޮރޭޒް ހޯދަން ނިއުކާސަލް ޔުނައިޓެޑާއި ސައުތެމްޓަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނިއުކާސަލްގެ ކޯޗު ރަފައެލް ބެނިޓޭޒަކީ 2007 ވަނަ އަހަރު ޓޮރޭޒް ލިވަޕޫލާ ގުޅުނިއިރު އެ ޓީމުގެ ކޯޗެވެ. އަދި އޭރު ލިވަޕޫލުގެ ކޯޗިން ސްޓާފުންގެ ތެރޭގައި މަސައްކަތްކުރި މައުރީސިއޯ ޕެލެގްރިނީ އަކީ މިހާރު ސައުތެމްޓަންގެ ކޯޗެވެ.

ޖެނުއަރީ މަހުން ފެށިގެން ޑިއޭގޯ ކޮސްޓާ އަށް އެތުލެޓިކޯ އަށް ކުޅެވޭއިރު، ޓޮރޭޒް އަށް ފުރުސަތު ލިބުން މަދުވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އާއި ޓޮރޭޒް ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ޓޮރޭޒް ވިއްކާލުމަށް ސިމިއޯނީ ވަނީ އެއްބަސްވެފަ އެވެ. އަދި ކްލަބްގެ ބޯޑުން ބޭނުންނަމަ ލޯން އެެއްބަސްވުމެއްގެ ދަށުން ޓޮރޭޒް ދޫކޮށްލަން ވެސް ސިމިއޯނީގެ މައްސަލައެއް ނެތްކަމަށް ވަނީ އަންގައިފަ އެވެ.

އެތުލެޓިކޯ ދޫކޮށް ޓޮރޭޒް ލިވަޕޫލަށް 2007 ވަނަ އަހަރު ބަދަލުވީ 20 މިލިއަން ޕައުންޑަށެވެ. އެ ޓީމަށް ތިން އަހަރާއި ބައި ވަންދެން ކުޅުމަށް ފަހު 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓޮރޭޒް ބަދަލުވީ 50 މިލިއަން ޕައުންޑަށް ވާދަވެރި ޗެލްސީ އަށެވެ. ޗެލްސީގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ދެން އޭނާ ފެނުނީ ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނުންނެވެ.

މިލާނުން ޓޮރޭޒްގެ ލޯން އެއްބަސްވުން 2015 ވަނަ އަހަރު ޖެނުއަރީ މަހު ދާއިމީ ނުކުރުމުން ޓޮރޭޒް އަލުން އެތުލެޓިކޯއާ ގުޅުނީ އެވެ.