ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި
ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި

ދަރިވަރުންގެ ކިޔެވުން ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އިން ތިން ކަމެއް މިއަދު މުޅިން އަލަށް ތައާރަފުކޮށްފި އެވެ.

ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި
ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި

އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކުރީ ކެރިއަ ގައިޑެންސް ވެބްސައިޓާއި ޑިޖިޓަލް ޓެކްސްޓް ބުކްސް އަދި މައިކްރޮސޮފްޓް ޓީމްސް އެވެ.

ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި
ޣިޔާސުއްދީންގައި ތައުލީމީ ދާއިރާގެ ޒަމާނީ ތިން ވަސީލަތެއް ތައާރަފުުކޮށްފި

މި ތިން ހިދުމަތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ދަރިވަރުންގެ ފަސޭހައަށް އާ ކަންތައްތައް ތައާރަފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ލޯންުޗުކުރި ތިން ވަސީލަތުގެ ސަބަބުން ވެސް ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އެ ސްކޫލުގެ ސެކަންޑްރީ ދަރިވަރުންނެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ހުރިހާ ގްރޭޑެއްގެ ކުދިންނަށް ވެސް އެ ފުރުސަތު ދޭން މަސައްކަތްކުރަމުން އަަންނަ ކމަށް ތޯހާ ވިދާޅުވި އެވެ.

ކެރިއަ ގައިޑެންސަަށް ހާއްސަ ވެބްސައިޓަކީ ދަރިވަރުން ކުރިއަށްދާނެ ދާއިރާ އިހުތިޔާރުކުރަން އެހީތެރިވެދޭނެ ޕްލެޓްފޯމެކެވެ. އޭގައި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާއި މާއްދާތަކުން ކުރިއަށް ދިއުމުގައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން އެނގެ އެވެ. މީގެ އިތުރުން ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭ ކޯސްތައް ލިބެން ހުރި ޔުނިވަސިޓީތަކާއި އެކި ދާއިރާތަކުން ވަޒީފާއަށް ހުޅުވޭ ދޮރުތަކުގެ އިތުރުން، ލިބޭނެ ކަމަށް ލަފާކުރެވޭ މުސާރަ ފަދަ މައުލޫމާތު ވެސް ހިމެނެ އެވެ.

މި ވެބްސައިޓަށް ވަދެވޭނީ ޣިޔާސުއްދީނުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށެވެ.

ޑިޖިޓަލް ޓެކްސްޓް ބުކްސް ބޭނުންކުރަން ފެށުމުން ދަރިވަރުންގެ އަތަށް ލުއިވެ، ދަބަސް ބަރުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ޣިޔާސުއްދީނުން ފާހަގަކުރެ އެެވެ.

ޓެކްސްޓް ފޮތްތައް ޑިޖިޓަލް ލިބެން ހުރުމުން އެ މާއްދާތަކާ ގުޅޭ މައުލޫމާތ ލިބޭނީ ވަން ނޯޓުގަ އެވެ. އެގޮތުން ވަކިވަކި މާއްދާއާ ގުޅޭ މައުލޫމާތުތައް ވަން ނޯޓުގައި ޝެއާކޮށް، ދަރިވަރުންނަށް ލިބޭނެ އެވެ.

"މިސާލަކަށް ހިސްޓްރީ މާއްދާއާ ގުޅޭ ކަމެއް ނަމަ، ވަން ނޯޓުގައި ހުންނާނެ އެ މާއްދާއާ ގުޅޭ ހުރިހާ ކަމެއް ޝެއާކޮށްފައި. އޭރުން އެ ދަރިވަރު އެ ބޭނުންކުރާ ލެޕްޓޮޕަކުން ވަން ނޯޓަށް ވަދެ، ޝެއާ ކޮށްފައިވާ ހުރިހާ އެއްޗެއް ފެނިގެންދާނެ،" ޣިޔާސުއްދީން ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މައިކްރޮސޮފްޓް ޓީމްސްގައި ވެސް ނޯޓުތައް ޝެއާކޮށް، ޗެޓުކޮށް، އެސައިމަންޓުތަކާ ގުޅޭ ގޮތުން ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާ ވެސް ވާހަކަ ދެއްކޭނެ އެވެ. އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އިލްމީ 100 ވަރަކަށް މީހުންގެ ޓީމެއްގެ އެހީތެރިކަން ދަރިވަރުންނަށް ހޯދައިގަނެވެ އެވެ. ދަރިވަރު ކިޔަވާ މާއްދާއަކާ ގުޅޭ ދާއިރާއެއްގެ ތަޖުރިބާކާރަކާ ވެބްކެމް މެދުވެރިކޮށް ވާހަކަ ދެކެވި، މައުލޫމާތު ބަދަލުކުރެވެ އެވެ.

ތައުލީމީ ގޮތުން ޒަމާނީ އިތުރު ފަސޭހަތަކެއް ތައާރަފުކުރި ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ އެއިން ކޮންމެ ކަމަކުން ވެސް ވަރަށް މުހިއްމު ބޭނުންތަކެއް ދަރިވަރުންނަށް ފުއްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގަައި ކެރިއަ ގައިޑެންސް ވެބްސައިޓުން ދަރިވަރުން ބޭނުންވާ އަމާޒަށް ވާސިލްވާން ވަރަށް ބޮޑު އެހީއެއް ލިބޭނެ އެވެ. މީގެ އެތައް އަހަރެއް ކުރިން އޭނާގެ ސްކޫލް ދައުރުގައި ކެރިއާ ގައިޑެންސްގެ އެހީތެރިކަން ނުލިބުމުން، ކުރިމަތިވެވަޑައިގެންނެވި އުނދަގޫތައް ވެސް، ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި ހަފުލާގައި އަައްޒަ ހިއްސާކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް ދާން ތިމާއަށް އެންމެ ރަނގަޅީ ކޮން ދާއިރާއެއްކަން އޭރު ދެނެގަނެވުނު ނަމަ ކިޔަވާވިދާޅުވި މާއްދާތައް ތަފާތުވީސް ކަމަށެވެ.