14 ނޮވެމްބަރ 2017 - 07:13

ފުރަަތަމަ "ޓެސްޓް ޓިއުބު ބޭބީ" ގަރުބަގަތީ ނޮވެމްބަރު، 10، 1977 ގަ އެވެ. އެއީ މެޑިކަލް ސައިންސަށް ވަރަށް ޚާއްސަ ދުވަހެކެވެ. އަދި ޓެސްޓް ޓިއުބް ބޭބީއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އުފަންވި ލުއިސް ބްރައުން އަށް ވެސް އެ ދުވަސް ހާއްސަ އެވެ.

އެމްބްރިޔޯލޮޖިސްޓް ޖީން ޕުރްޑީން ނުވަ އަހަރު ވަންދެން ކުރި މަސައްކަތް ކާމިޔާބުވެ ލެބޯޓަރީގައި އިންސާނެއްގެ ބިހެއް ދަރިމައިކޮށް އެތައް ބައެއްގެ އުންމީދުތައް ފުރިހަމަވެގެން ދިޔަ އެވެ.
އިން-ވިޓްރޯ ފާޓިލައިޒޭޝަން ހަދައިގެން އުފަންވި ފުރަތަމަ ކުއްޖާ އުފަންވިތާ 40 އަހަރު ފުރުނީ އެވެ. މިގޮތަށް ބަލިވެ އިނުމުގެ ސަބަބުން އޭރު ލުއިސްގެ މައިންބަފައިންނަށް ގިނަ ބައެއްގެ ފުރައްސާރަ އާއި މަލާމާތާ ކުރިމަތިލާން ޖެހުނެވެ.
ލުއިސް އަކީ ފުރަތަމަ ޓެސްޓް ޓިއުބު ބޭބީ އަށް ވީ ފަދައިން މިހާރު މި ފަރުވާ އިތުރު ހަރުފަތަކަށް ކުރިޔަށް ގޮސް މިޓޮކޮންޑްރިއަލް ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ތިން މީހުންގެ ޖީން ހިމެނޭ ކުދިން ވެސް މިހާރު ވަނީ އުފަންކޮށްފަ އެވެ.
ލުއިސް ހޯދަން އޭނާގެ މައިންބަފައިން ބޭނުންކުރި ފަރުވާ ކަހަލަ ފަރުވާތައް މިހާރު ހޯދާ މީހުންނަށް ވެސް މިކަހަލަ މަލާމާތް އަދިވެސް ކުރާނެތޯ ސުވާލުކުރުމުން ލުއިސް ބުނީ އެފަދަ ގޮތަކަށް ދިމާ ނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ދަރިން ނުލިބިގެން މިފަދަ ފަރުވާ ހޯދުމާ ދެކޮޅުހަދާ ފަރާތްތަކަށް ވެސް ލުއިސް ވަނީ ރައްދު ދީފަ އެވެ. އޭނާ ބުނަނީ އެހެން ސިއްހީ މައްސަލަތައް ހައްލުކުރުމާ މިކަމާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ދަރިން ނުލިބިގެން ފަރުވާ ހޯދާ މީހުންގެ ކޮންމެވެސް ކަހަލަ ސިއްހީ މައްސަލަތަކެއް ހުރެ އެވެ. އެހެންވެ މެޑިކަލް ސައިންސުން އެކަމަށް ހައްލެއް ލިބެން އޮތްނަމަ އެކަން ނުކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް ބުންޏެވެ.
ވަރަށް މަދުން ނޫނީ އިންޓަވިއު ނުދޭ ލުއިސް މިފަހަރު އިންޓަވިއު ދީފައި މިވަނީ އޭނާ ގަރުބަގަތްތާ 40 އަހަރު ފުރުމާ ދިމާކޮށެވެ. މިހާރު 39 އަހަރު ފުރިފައިވާ، ދެ ކުދިންގެ މަންމަ ބުނީ އެ ދުވަސް ފާހަގަކުރަންވީ ސަބަބެއް އޭނާއަށް އަދިވެސް ނޭނގޭ ކަމަށެވެ.
އައިވީއެފްގެ ޒަރިއްޔާއިން އުފަންވީ ފުރަތަމަ ކުއްޖަކީ ލުއިސް ނަމަވެސް އޭގެ ފަހުން އައިވީއެފް ހަދައިގެން ހަ މިލިއަން ކުދިން އުފަންވެއްޖެ އެވެ.