ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ކިންގްސް އަށް
ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ކިންގްސް އަށް

ޓީރެކްސް ބީސީ އަތުން 78-71 ޕޮއިންޓުން މޮޅުވެ 12 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ކިންގްސް ބީސީ ހޯދައިފި އެވެ.

ބާސްކެޓްބޯޅައިގައި ދާދި ފަހުން ވާދަކުރަން ފެށި ކިންގްސް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޓީރެކްސް ދެ ވަނަ އަށް ދިޔައީ ދެ މެޗުން ބަލިވުމުންނެވެ. އެ ޓީމު ބަލިވީ ކިންގްސް އަތުންނެވެ. ތިން ވަނަ އަކީ ދަ ބައުސް އެވެ. އަދި ހަތަރު ވަނަ އަށް ދިޔައީ ރެޕްޓާސް އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކިންގްސް ނިކޮލާ ވޮރޮވިޗެވެ. އޭނާ ވަނީ 22 ޕޮއިންޓް އެއްކޮށްފަ އެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 15 ޕޮއިންޓާ އެކު ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީރެކްސްގެ އިބްރާޙިމް ރަޝްވާން (ޗިކު) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ މުހައްމަދު ޒިލާލާއި އަހުމަދު ފިރާޝާއި ޓީރެކްސްގެ ޑުސާން އޮގްޔެނޮވިޗާއި ބައުސްގެ އަބްދުﷲ އަމްޒަރު އަދި ރެޕްޓާސްގެ މިލޮރަޑް ޑަމްޔަނަޗް އެވެ.