12 ނޮވެމްބަރ 2017 - 11:08

އަހަރު ނިމުމާ ދިމާކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގިނަ އިނާމުތަކާ އެކު ޑިސްކައުންޓް ލިބޭ، ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ "އިޔާ އެންޑް ސުޕަ ސޭލް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވެސް ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްރޮމޯޝަނުގެ ތެރެއިން 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ދޫކުރާނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު 10،000ރ. ގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މިގޮތުން ލިބޭ އިނާމު ތަކުގެތެރޭގައި ހިޓާޗީ ފްރަންޓް ލޯޑް ދޮންނަ މެޝިނާއި، ހިޓާޗީ އެއާ ކޮންޑިޝަނާ، ފިލިޕްސް ޖޫސާ އަދި މަކީޓާ ޓޫލްސް އެއާ ފަދަ ވަރަށް އަގުހުރި އިނާމުތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޕްރޮމޯޝަނުގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ބައެއް ތަކެތި ގަތުމުން، ވަގުތުން އިނާމުތަކެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ކޮންމެ ހަފްތާއަކު ޕްރޮޑަކްޓް ޑެމޯ ސެޝަންތައް ވެސް ހޯމްއިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ، އޮޑިޓު ކުރުމަށް ހޯމް އިމްޕްރޫވްމަންޓް ބަންދުކުރުމަށް ފަހު މިއަދު އަލުން ހުޅުވާފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ފިހާރައިގެ ހިދުމަތްތައް ފަށާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.