11 ނޮވެމްބަރ 2017 - 15:38

ޕެރިސް (ނޮވެމްބަރު 11) - ޕެރިހުގެ މަގުތަކުގައި މުސްލިމުން ހުކުރު ނަމާދު ކުރާތީ އެކަމާ ދެކޮޅަށް ފްރާންސްގެ 100 ވަރަކަށް ސިޔާސީ މީހުން އިއްޔެ މުޒާހަރާ ކޮށްފި އެވެ.
ގަައުމީ ސަލާމާ އެކު މުޒާހަރާ ކުރަމުން ދިޔަ ސިޔާސީ މީހުން ވަނީ ޕެރިހުގެ ކްލިޝީގެ މަގެއްގައި ހުކުރު ނަމާދު ކުރަންތިބި 200 ވަރަކަށް މީހުންނަށް ހުރަސް އަޅަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ދެބައި މީހުން ދުރުކޮށްފަ އެވެ.
މުޒާހަރާ އަށް ނުކުތް މީހުން ބުނެފައި ވަނީ އަޅުކަން ކުރަން އާއްމު ތަންތަން ބޭނުން ނުކުރެވޭނެ ކަމަށެވެ. މުޒާހަރާގައި އިސްކޮށް ހުރީ ޕެރިހުގެ ރީޖަނަލް ކައުންސިލްގެ ރައީސް ވެލެރީ ޕެކްރެސީ އެވެ. ކްލިޝީގެ މޭޔަރު ވަނީ މަގުތަކުގައި ނަމާދު ކުރުން މަނާ ކުރުމަށް ދާޚިލީ ވުޒާރާ އަށް ގޮވާލައިފަ އެވެ. އެކަމަކު ކްލިޝީގެ މުސްލިމުން ބުނެފައި ވަނީ އެ މީހުން ހުކުރު ނަމާދު ކުރާނެ އެހެން ތަނެއް ނެތް ކަމަށާއި ހުކުރު ނަމާދު ކުރަން ކުރިން ބޭނުންކުރި ތަން ޓައުން ހޯލަށް ނަގާފައިވާ ކަމަށެވެ.
ހުޅަނގު ޔޫރަޕުގައި އެންމެ މުސްލިމުން ގިނަ ފްރާންސްގައި ފަސް މިލިއަން މުސްލިމުން ދިރިއުޅެ އެވެ.