ކައިވެންޏަށް އަހަން 25 "އައިފޯން 10" ހަދިޔާކޮށްފި
ކައިވެންޏަށް އަހަން 25 "އައިފޯން 10" ހަދިޔާކޮށްފި

ޗައިނާ މީހަކު އޭނާގެ ލޯބިވެރިޔާ ގާތުން ކައިވެންޏަށް އަހަން އައިފޯން 10 ގެ 25 ފޯނު ގަނެދީފި އެވެ.

ކައިވެންޏަށް އަހަން 25 "އައިފޯން 10" ހަދިޔާކޮށްފި
ކައިވެންޏަށް އަހަން 25 "އައިފޯން 10" ހަދިޔާކޮށްފި

މީގެ ފޯނެއްގައި އަތްލަން ވެސް ނުލިބިގެން ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންތިޒާރުގައި ތިއްބާ އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްގެން ފޯނުތައް ގަތީ ޗައިނާގެ ޝެންޒެންގައި ދިރިއުޅޭ މީހެކެވެ. މިއީ ގޭމް ޑިޒައިނަރެކެވެ.

މި މީހާގެ މި އާދަޔާޚިލާފު ޕްރޮޕޯޒަލަށް ލޯބިވެރިޔާ އާނއެކޭ ބުނުމުން އިތުރުން ދުނިޔޭގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.

އޭނާ އައިފޯން 10 ގެ 25 ފޯނު ގަތީ 31،000 އެމެރިކާ ޑޮލަރަށެވެ.

މި މީހާ ލޯބިވެރިޔާއަށް ޕްރޮޕޯޒްކުރަން ތައްޔާރުވުމުގެ ގޮތުން އައިފޯންތައް ހިތުގެ ބައްޓަމަކަށް ބިންމަތީގައި އަތުރާފައި އެންގޭޖްމެންޓް ރިންގެއް އޭގެ މެދުގައި ބޭއްވި އެވެ.

މި މީހާ އެހާ ގިނަ ފޯނު ދިނުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ، އޭނާ އާއި ލޯބިވެރިޔާ އަކީ ފޯނުން ގޭމް ކުޅުމަށް ވަރަށް ވަރުހުންނަ ދެމީހުން ކަމަށެވެ. އެހެންވެ އެންމެ އަގު ބޮޑު މޯބައިލް ފޯން އަދި މޮޅަށް ގޭމް ކުޅެވޭ މޯބައިލް ޑިވައިސް ގަންނަން ނިންމީ ކަމަށް ބުންޏެވެ.

ފަންސަވީސް ފޯނު ގަތުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އެމީހާ ބުނީ އެއީ ލޯބިވެރިޔާގެ އުމުރުން ވީ ކޮންމެ އަހަރަކަށް ފޯނެއް ކަމަށެވެ.

އޭނާ ވަނީ ކައިވެނީގެ ޕްރޮޕޯޒަލަށް ތައްޔާރުވުމުގައި އެހީވެދިން ހުރިހާ އެކުވެރިންނަށް ވެސް އެންމެ ފަހުގެ އައިފޯނު ހަދިޔާކޮށްފަ އެވެ.