ޓެކްސަސްގެ ފައްޅީގައި ބަޑިޖެހި މީހާގެ އައިފޯން ހުޅުވަން އެފްބީއައި އިން މަސައްކަތް ކުރަނީ
ޓެކްސަސްގެ ފައްޅީގައި ބަޑިޖެހި މީހާގެ އައިފޯން ހުޅުވަން އެފްބީއައި އިން މަސައްކަތް ކުރަނީ

ޓެކްސަސް (ނޮވެމްބަރު 10) - އެމެރިކާގެ ޓެކްސަސްގެ ފައްޅިއެއްގައި ބަޑި ޖަހާ 26 މީހުން މަރާލި މީހާގެ އައިފޯން ހުޅުވަން އެފްބީއައި އިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.

ޓެކްސަސްގެ ސަދަލޭންޑް ސްޕްރިންސްގައި ބަޑި ޖެހި ޑެވިން ކެލީ ފަހުން ވަނީ އޭނާގެ ކާރުތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ. ޓެކްސަސްގެ ފުލުހުންނަށް އެ ފޯނު ނުހުޅުވުމުން އެފްބީއައި އިން ވަނީ ވާޖީނިއާގައި ހުންނަ ސެންޓްރަލް ކްރައިމް ލެބަށް ފޮނުވައިފަ އެވެ.

އެޕަލް އިން ވަނީ ފޯނު ހުޅުވަން އެހީތެރިވާން އެފްބީއައި އަށް ހުށަހަޅައިފަ އެވެ. އެޕަލް ކުންފުނިން ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި އަދި އެޕަލްގެ އުފެއްދުންތައް ހުޅުވުމާ ބެހޭ ގޮތުން އެތައް ހާސް އޮފިސަރުންނެއް ތަމްރީނުކޮށްފައިވާ ކަމަށެވެ.

ކެލީގެ ފޯނުގެ ޑޭޓާ ނެގިއްޖެ ނަމަ އޭނާ ގުޅި ނަމްބަރުތަކާއި ކުރި މެސެޖްތަކާއި ނެގި ފޮޓޯތައް ހޯދޭނެ އެވެ.