20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ލިޓަސް ހޯމް ސެންޓަރުުން ފަށައިފި
20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ލިޓަސް ހޯމް ސެންޓަރުުން ފަށައިފި

ގޭތެރެ އަށް ބޭނުންވާ ސާމާނު ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ ލިޓަސް ހޯމް ސެންޓަރުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލިޓަސް އިން ބުނީ "މޯ ޔޫ ނޯ، މޯ ޔޫ ގެސް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި ޕްރޮމޯޝަނުގެ ތެރޭގައި އެ ފިހާރައިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ތުރުކީގެ މަޝްހޫރު ބެކޯ ބްރޭންޑާއި އިޓަލީގެ ނޯވާ ކަލާ ބްރޭންޑް ވިއްކަމުން އަންނަ ލިޓަސް ހޯމް ސެންޓަރުން ބުނީ އެއީ އެ ފިހާރައިގެ ފުރަތަމަ ޕްރޮމޯޝަން ކަމަށެވެ. އަދި ޕްރޮމޯޝަނުގެ ބޭނުމަކީ، ވީހާ ވެސް ގިނަ ފަރާތްތަކަށް އެ ފިހާރައާ ގުޅޭ މަައުލޫމާތު ފޯރުކޮށްދިނުން ކަމަށް ލިޓަސް ހޯމް ސެންޓަރުން ބުނެ އެވެ.

ލިޓަސް ހޯމް ސެންޓަރަކީ ގޭތެރޭގައި ހިފައި ގެންގުޅޭ ތަކެތިން ފެށިގެން ގޮސް، ކަރަންޓު ސާމާނު ވެސް ވިއްކާ ފިހާރަ އެކެވެ. އަދި ގޭތެރެއަށް ބޭނުންވާ ކަރަންޓު ސާމާނު އެންމެ އަގުހެޔޮކޮށް ލިބޭނީ އެ ފިހާރަ އިން ކަމަށް ވެސް ލިޓަސް ހޯމް ސެންޓަރުން ބުންޏެވެ.

ލިޓަސް އިން އަންނަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވެސް ވިއްކަމުންނެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފިހާރަތައް ވެސް އަންނަނީ ހިންގަމުންނެވެ.