05 ޖުލައި 2016 - 11:31

ކްރިކެޓް ބޯޑުން ބޭއްވި ކޯސްޓް ރަމަޒާން ކްރިކެޓް ކާނިވަލުގައި ހިމެނޭ ކުންފުނިތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ޕޭން އޯޝަން ބަލިކޮށް ހިރާސާ ކެމިސްޓް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ހިރާސާ ކެމިސްޓް ކުޅެން އަރައި 8 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދީ 94 ލަނޑެވެ. ޖަވާބުގައި ޕޭން އޯޝަން ކުޅެން އަރާ 8 އޯވަރުގެ ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހިރާސާ ކެމިސްޓުގެ އަނޫ ކުމާރެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ދިނޭޝް ކުމާރެވެ. މުބާރާތުގެ މޯސްޓް ވެލިއުބަލް ޕްލޭޔަރުގެ މަގާމް ހޯދީ ވެސް އޭނާ އެވެ. އިނާމް ދެއްވީ ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިން އެންޑް ސޭލްސްގެ ޑިރެކްޓަރ އިބްރާހިމް ޝަރީފެވެ.