ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް
ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް

"ސަމްތިން ބޯހޯ" އަކީ ކޮންމެ މީހަކަށް ވެސް އަޅާލެވޭނެ ޒަމާނީ ގަހަނާ ތައްޔާރުކޮށް ވިއްކާ ދިވެހި އަމިއްލަ ބްރޭންޑެކެވެ. ފަހަކަށް އައިސް، ޒުވާން އަންހެނުންގެ މެދުގައި މަގުބޫލުވަމުން އަންނަ މި ބްރޭންޑުގެ ފަހަތުގައި ވަނީ ޒުވާން ހީވާގި އަދި ހުނަރުވެރި ޑިޒައިނަރެއް ކަމަށްވާ ޒާރާ ފަޔާޒެވެ.

ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް
ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް

ޒާރާ ވަނީ ސްރީ ލަންކާގެ ރެފްލްސް ޑިޒައިން ކޮލެޖުން ގްރެފިކް ޑިޒައިން ޑިގްރީއެއް ހާސިލްކުރުމަށް ފަހު އެގައުމުގެ ޑިޒައިން އޭޖަންސީއެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭނާ މިހާރު މަސައްކަތްކުރަނީ ފްރީލޭންސް ގްރެފިކް ޑިޒައިނަރެއްގެ އިތުރުން ގަހަނާ ޑިޒައިނަރެއްގެ ގޮތުގަ އެވެ. "ސަމްތިން ބޯހޯ" ފުރަތަމަ ދައްކާލީ 2015 ގައި މޯލްޑިވްސް ފެސްޓިވަލް އޮފް ދަ އާޓްސްގަ އެވެ. އަދި އޭނާގެ ގްރެފިކް ޑިޒައިން މަސައްކަތް ކައްޓި ހިތްވަރު ފެސްޓިވަލްގައި ވެސް ފެނިގެންދިޔަ އެވެ. ތިރީގައި އެ ވަނީ ޒާރާގެ "ސަމްތިން ބޯހޯ" ގަހަނާ ޑިޒައިންތަކާ ބެހޭގޮތުން "މިހާރު" އަށް ދިން އިންޓަވިއުއެއްގެ ޚުލާސާ އެވެ.

ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް
ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް

އަޅުގަނޑު ތައްޔާރުކުރާ ގަހަނާ އަކީ ވަރަށް "މިނިމަލް" އަދި ކޮންމެ މީހަކަށް ވެސް ކޮންމެ ދުވަހަކު ނުވަތަ ހާއްސަ މުނާސަބަތަކަށް ވެސް އަޅާލެވޭނެ ވައްތަރެއް. ސަމްތިން ބޯހޯގެ ހުރިހާ ގަހަނާއެއް ވެސް ތައްޔާރުކުރަނީ އަތުން އަދި އެކި ގައުމުތަކުން ހޯދާފައި ހުންނަ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގަހަނާތައް ތައްޔާރުކުރަނީ. ގަހަނާ ކަލެކްޝަންތަކުގެ ތެރޭގައި ހިމެނޭނެ ސްޓޭޓްމަންޓް ޕީސަޒް ވެސް. އެކަމަކު ގިނަވާނީ ވަރަށް ސިމްޕަލް ސާދާ މިނިމަލް ގޮތަކަށް ހުންނަ އިންޓްރިކޭޓް ޑިޒައިންތައް. އާއްމުކޮށް ގަހަނާ ލިބެންހުންނަނީ ވަރަށް އަގު ބޮޑުކޮށް. އެހެންވެ އަޅުގަނޑު ވިސްނީ އަތްފޯރާފަށުގައި އަޅުގަނޑުގެ ގަހަނާގެ އަގު ބަހައްޓަން.

ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް
ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް

ވަރަށް ގިނަ ކަންތައްތައް މެދުވެރިވެގެން ގަހަނާ ހަދަން ފެށުނީ. ފުރަތަމަ ފެށީ އަޅުގަނޑު އަޅާ ގަހަނާއެއް ހަލާކުވެގެން އެއްވެސް އާލާތެއް ނެތި ގަހަނާ ރަނގަޅުކޮށްލަން މަސައްކަތް ކުރަން އުޅުމުގެ ތެރޭ. ދެން އަޅުގަނޑުގެ ފިރިމީހާ، ފަންކޮ ދިން ހިތްވަރުގެ ސަބަބުން ވެސް. އަޅުގަނޑުގެ ގަހަނާ ހެދުމުގެ މަސައްކަތައް ސަމާލުކަމެއް ދީ އެކަންތައް ކުރިއަށް ގެންދަން ހިތްވަރު ދިނީ ފަންކޮ. އަދި ގަހަނާ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްލެވޭނެ ކަހަލަ އެއްޗެހި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންކޮ ހޯދައިގެން ގެނެސްދިން. ޑިޒައިން ކޮލެޖުގަ ކިޔެވިއިރު ގަހަނާ ޑިޒައިންކުރުމާއި ސަގާފަތާއި ކުލަ ކިޔަވާދިން ލެކްޗަރާ މިސްޓާ ކީތުގެ ސަބަބުން ވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު. އޭނާގެ ފަރާތުން ކުލަ އާއި ކުލަ ބޭނުންކުރެވޭނެ އެކި ގޮތްގޮތް ދަސްވި އަދި އެއީ އަޅުގަނޑު ގަހަނާ ތައްޔާރުކުރާއިރު ވިސްނާ ވަރަށް މުހިއްމު ކަމެއް.

ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް
ސަމްތިން ބޯހޯ: ވިދަމުން އަންނަ ދިވެހި ގަަހަނާ ބްރޭންޑެއް

ގްރެފިކް ޑިޒައިން މަސައްކަތަށް ވުތެ މިސްޓަ ކީތު ކިޔަވާދިން ފިލާވަޅުތައް ބޭނުންކުރަނީ. ގަދަ ކުލަތައް ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރުމަކީ ބޭނުންކޮށް ފޫހިނުވާނެ ގޮތެއް. އެއްވެސް ޕެޓާން އެއް ނުވަތަ ރިދަމް އެއް ނެތް އާދައިގެ ގަހަނާ ހަދާކަށް ބޭނުމެއް ނޫން. އެކަމަކު، އަޅުގަނޑުގެ ގްރެފިކް ޑިޒައިން މަސައްކަތްތައް ފެނުނު ރައްޓެހިންނާ އެއްކޮށް މަސައްކަތް ކުރި މީހުން ބުނޭ އަޅުގަނޑު ގަހަނާގަ ބޭނުންކުރާ ކުލަތަކާއި ކުރެހުންތަކުގައި ބޭނުންކުރާ ކުލަތަކާއި ވަރަށް އެއްގޮތޭ.

ނޫން. އެތަނުން އެންމެ ވައްތަރެއް ހޮވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ.

މިހާތަނަށް ރަނގަޅު ތަރުހީބެއް ލިބިފައިވޭ. އަޅުގަނޑުގެ އާއިލާ އާއި ރައްޓެހިންގެ އެހީއ އެކު 2015ގަ މޯލްޑިވްސް އާޓްސް ފެސްޓިވަލްގައި ގަހަނާތައް ދައްކާލިން. އެތަނަށް އައި މީހުންނަށް ގަހަނާތައް ވަރަށް ކަމުދިޔަ އަދި ވަރަށް ގިނަ އިރު ވަންދެން ނަގާނެ ވައްތަރެއް ނޭނގިގެން އުޅުނު.

އާއްމުކޮށް އަޅުގަނޑުގެ އަމިއްލަ ޑިޒައިންތަ ވިއްކަނީ. އެކަމަކު ކަސްޓަމަރުން އެދޭ ޑިޒައިންތައް ވެސް އުފެއްދޭތޯ މަސައްކަތްކުރަން.

އަދި އެހާ ދުރަކަށް ނުވިސްނަން. މިކަމުގަ އަދި މިދަނީ މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން. އެކަމަކު ކައިރި މުސްތަގުބަލެއްގައި އަމިއްލަ ގަހަނާ ބުޓީކެއް ހުޅުވާ އެހެން ބުޓީކްތަކުގައި ވެސް އަޅުގަނޑުގެ ގަހަނާ ބަހައްޓަން އުއްމީދުކުރަން.