ވަރުން އަށް ފޭނެއްގެ ނުރައްކާ އިންޒާރެއް
ވަރުން އަށް ފޭނެއްގެ ނުރައްކާ އިންޒާރެއް

ފޭނުން ގިނަ ވުމަކީ ގިނަ ފިލްމީ ތަރިން ހިތްހަމަޖެހޭ ކަމަކަށް ވިޔަސް ބައެއް ފޭނުންގެ ފަރާތުން ތަރިންނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ވެސް ކުރިމަތިވެ އެވެ. އެގޮތުން އެކްޓަރު ވަރުން ދަވަން އަކީ ފޭނުންގެ އުނދަގޫ މިހާރު އެންމެ ބޮޑުވެފައިވާ އެއް އެކްޓަރެވެ.

ވަރުންގެ ފޯނަށް މީހަކު މެސެޖު ކުރާތީ އެ މީހާގެ ނަންބަރު ބްލޮކް ކޮށްލުމާ އެކު އެހެން ނަންބަރަކުން ގުޅައި، ވަރުން ވާހަކަ ނުދައްކައިފި ނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. މިކަމާ ހެދި ވަރުން މިހާރު ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

މި ނޫނަސް ވަރަށް ގިނަ ފޭނުންގެ އުނދަގޫ އަބަދުވެސް ވަރުން އަށް ކުރިމަތިވެ އެވެ. މީގެ ކުރިން ފުރާވަރުގެ އަންހެންކުއްޖަކު އެ ކުއްޖާގެ ގެއިން ފިލައިގެން ވަރުންއާ ބައްދަލުކުރަން މަސައްކަތް ކޮށްފައިވެ އެވެ.