ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައި، މިދިޔަ އަހަރުގެ ޕްރޮގްރާމް ނިންމި 22 ދަރިވަރުންނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްފި އެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ދިރާގުގެ ޗެއާޕާސަން މުހައްމަދު އަޝްމަލީ އަދި ސީއީއޯ އިސްމާއީލް ރަޝީދެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާ ގުޅުވާލަ ދިނުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަނީ ދިރާގުން ކަމަށެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު ތައުލީމީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އައިސް، ތައުލީމު ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 19 ދަރިވަރަކު ހޮވައިފި

"ދިރާގަކީ އަޅުގަަނޑުމެންނަށް އަބަދުވެސް ތަރައްގީއާ އެއް ހަމައެއްގައި ބޭނުންކުރެވޭ ނަމެއް. އިންޓަނެޓް މެދުވެރިކޮށް އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދިއްޖެ. އޭގެ އެންމެ މުހިންމު ކޮންޓްރިބިއުޓަރަކީ ދިރާގު،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ވިދާޅުވީ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ވަރަށް ބޮޑަށް ޔަގީންވާނެ ކަމަށެވެ. އަދި ޕްރޮގްރާމް ނިންމާ ދަރިވަރުން ތިބޭނީ ވަޒީފާގެ މާހައުލަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެފައި ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ސީއެސްއާރު ދަށުން ކުރާ އެންމެ މުހިންމު މަސައްކަތް. މި ޕްރޮގްރާމްތައް ދާނީ ތިން ސެގްމަންޓަކަށް ބަހާލައިގެން. އެކި ދާއިރާތަކުގެ މަސައްކަތްތައް ތަޖުރިބާ ވެސް ކުރެވޭނެ،" އިމްސާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ. އެހެންވެ، އަމިއްލަ ރަށް ނުވަތަ އަތޮޅުގައި ހުރެގެން ވެސް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ދިރާގުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި، ސޭލްސް އާއި މާކެޓިން، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ހިމެނެ އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލް ޑިވެލޮޕްމަންޓް ވެސް ހިމެނެ އެވެ. އެގޮތުން، އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ސީވީ ތައްޔާރު ކުރުމާއި އިންޓަވިއު ސްކިލްސް ފަދަ ކަންކަން ދަސްކޮށްދެ އެވެ.

ދިރާގުން ބުނީ 2014 ވަނަ އަހަރުގެ ފެށި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިހާތަނަށް 168 މީހަކު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ކުންފުނިން ޒުވާނުންނަށް ވީހާވެސް ބޮޑެތި ފުރުސަތުތައް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.